ވިޔަފާރީގެ ކަންކަމުގައި އަމިއްލައަށް ތަޅާ ނުފޮޅައި ޤައުމުތަކުން ޑަބްލިޔޫޓީއޯގެ ބޭނުންހިފަން އެ ޖަމިއްޔާއިން ގޮވާލައިފި އެވެ.
އެޖަމިއްޔާގެ ސެކެޓްރީ ޖެނެރަލް ރޮބަރޓޯ އަޒެވިޑޯ އިއްޔެ ވިދާޅުވީ ވިޔަފާރީގެ ފައިދާ ޤައުމުތަކަށް ބޮޑުވާނީ ޚިޔާލުތަފާތުވުންތައް ޙައްލުކޮށްގެން ކަމަށެވެ. އެހެންކަމުން ޚިޔާލު ތަފާތުވާ ކަންކަމުގައި ޤައުމުތަކުން އަމިއްލައަށް ތަޅާ ފޮޅުމުން ދުނިޔޭގެ ވިޔަފާރިތަކަށް ލިބެމުންދާނީ ބޮޑެތި ގެއްލުންތައް ކަމަށެވެ.
އައިއެމްއެފްގެ ވަފުދަކާ ބައްދަލުކުރެއްވުމަށްފަހު ދެއްވި ބަޔާނުގައި ވިދާޅުވީ ޑަބްލިޔޫޓީއޯ އުފައްދައި ހިންގުމުގެ ބޭނުމަކީ މެންބަރު ޤައުމުތަކުގެ މެދުގައި އުފެދޭ މިފަދަ މައްސަލަތައް ހައްލުކުރުން ކަމަށެވެ.
ސެކެޓްރީ ޖެނެރަލް މިފަދަ ބަޔާނެއް ދެއްވާފައި މިވަނީ އެމެރިކާއިން ޤައުމުތަކުގެ ވިޔަފާރިތަކަށް ޚާއްޞަކޮށް ޗައިނާގެ ވިޔަފާރިއަށް ހުރަސް އަޅަމުން ގެންދާ ވަގުތެއްގައެވެ.