އުރީދޫ މޯލްޑިވްސް ޕލކ ގެ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ، 6 މެއި 2018 ވާ އާދީއްތަ ދުވަހު ގެ ރޭ 8.30 ގައި ހޮތެލް ޖެންގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.
ޖަލްސާގެ އެޖެންޑާ:
އެޖެންޑާއައިޓަމް 1:ކީރިތިޤުރުއާން
އެޖެންޑާ އައިޓަމް 2:2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
އެޖެންޑާއައިޓަމް 3:2017ވަނައަހަރުގެމާލީހިސާބުތަކާއިއޮޑިޓަރުންގެރިޕޯޓުފާސްކުރުން
އެޖެންޑާއައިޓަމް 4:2017ވަނައަހަރުގެކުންފުނީގެޑިރެކްޓަރުންގެރިޕޯޓުފާސްކުރުން
އެޖެންޑާ އައިޓަމް 5:2018 ވަނަ އަހަރަށް އޮޑިޓަރުން ހޮވައި އޮޑިޓަރުންގެ އުޖޫރަ ކަނޑައަޅައި ފާސްކުރުން
އެޖެންޑާއައިޓަމް 6:2017 ވަނަ އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ބަހާނެ ފައިސާ ކަނޑައަޅައި ފާސްކުރުން
އެޖެންޑާއައިޓަމް 7:ބޯޑު މެންބަރުންގެ އުޖޫރަ ކަނޑައަޅައި ފާސްކުރުން
އެޖެންޑާއައިޓަމް8:ޙިއްޞާދާރުންގެމަޝްވަރާކުރުން
އެޖެންޑާއާ ގުޅޭ އިތުރު ތަފްޞީލާއި މަޢުލޫމާތު އުރީދޫ މޯލްޑިވްސްގެ ވެބްސައިޓު http://www.ooredoo.mv/investors/އިން ލިބިވަޑައިގަންނަވާނެއެވެ.
އުރީދޫ މޯލްޑިވްސްގެ ޙިއްސާދާރެއްގެ ގޮތުގައި 26 އެޕްރީލް 2018ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 20:00 ގެ ކުރިން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނެއެވެ. އަމިއްލަ ފުޅަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވެލައްވާ ފަރާތްތަކަށް، ލިބޭނީ ކޮންމެ އެޖެންޑާ އައިޓަމަކަށް 1 ވޯޓުއެވެ.
އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ޝަރުތުހަމަވާ ހިއްސާދާރުން، ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް "ޕްރީ-ރެޖިސްޓްރޭޝަން ފޯމު" އަދި ޕްރޮކްސީއެއް އައްޔަންކުރައްވާނަމަ "ޕްރޮކްސީ ފޯމު" ފުރުއްވުމަށްފަހު 3 މެއި 2018 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:30 ގެ ކުރިން ފޯމު ހުށަހެޅުއްވުން އެދެމެވެ.
ހުށަހަޅުއްވާފައިވާ ޕްރޮކްސީ ކެންސަލް ކުރައްވަން ބޭނުންފުޅުނަމަ "ޕްރޮކްސީ ރީވޮކޭޝަން ފޯމު" ފުރުއްވުމަށްފަހު، 3 މެއި 2018 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:30 ގެ ކުރިން ފޯމު ހުށަހެޅުއްވުން އެދެމެވެ.
ޕްރީ-ރެޖިސްޓެރޭޝަން ފޯމު، ޕްރޮކްސީ ފޯމު އަދި ޕްރޮކްސީ ރީވޮކޭޝަން ފޯމު، އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީސް، ހ.ސަންލީޓުގެ 5 ވަނަ ފަންގފިލާ އިން ނުވަތަ އުރީދޫގެ ވެބްސައިޓް http://www.ooredoo.mv/investors/އިން ލިބިވައިޑައިގަންނަވާނެ ވާހަކަ ދެންނެވީމެވެ. މިފޯމުތައް ހުށަހަޅުއްވާނީ އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީސް، ހ.ސަންލީޓުގެ 5 ވަނަ ފަންގިފިލާ އަށެވެ. އަދި، އީމެއިލް ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް އީލެމެއިލް ފޮނުއްވުން އެދެމެވެ.
އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ޙިއްޞާދާރުން (ޕްރީ-ރެޖިސްޓަރ ކުރައްވާފައިވާ ބޭފުޅުންވެސް) އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިވައިވާ ދުވަހުގެ (6 މެއި 2018 ވާ އާދިއްތަ ދުވަހުގެ) ރޭގަނޑު 7.30 އާއި 8.30 އާ ދެމެދު ހޮޓެލް ޖެން އަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. ރެޖިސްޓަރ ކުރައްވަން ވަޑައިގަންނަވާއިރު ދިވެއްސެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ބެދޭސީއެއް ނަމަ ޕާސްޕޯޓް ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. ޖަލްސާ ފެށުމުގެ ކުރިން ރެޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް އަހަރީ އާންމު ޖަލްސާގައި ބައިވެރިވަޑައި ނުގެންނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.