އަވައްޓެރި އިންޑިއާގެ އިންދޯރްގައި އުމުރުން އެންމެ ހަތަރު މަހުގެ އަންހެން ކުއްޖަކު ރޭޕްކޮށް މަރާލައިފިއެވެ. މިމައްސަލަ ފެންމަތިވުމާއި ގުޅިގެން އެޤައުމުގެ މަދްޔަ ޕްރަދޭޝް ގެ އިސް ބޭފުޅުން ތިބީ ލަދުން ބުނާނެ އެއްޗެއް ވެސް ނޭނގިފައި ކަމަށް އެޤައުމުގެ މީޑިއާ ރިޕޯޓުތަކުން ބުނެއެވެ.
އެތުއްތު ކުއްޖާގެ ހަށިގަނޑު އިންދޯރްގެ ރާޖްވާޑާ ސަރަޙައްދުން ފެނިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރެއް ހާއިރުއެވެ. ޝިވް ވިލާސް ޕެލެސްގެ ބޭސްމަންޓުން އެކުއްޖާގެ ހަށިގަނޑު ފެނިފައިވާއިރު، މުޅި އެސަރަޙައްދުގައި އޮތީ ހުސް ލެއެވެ.
އިންދޯދު ފުލުހުންނަށް އެކުއްޖާގެ ހަށިގަނޑު ފެނުމުން ފޮތިގަނޑަކަށްލާ އޮޅާލައިގެން އެކުއްޖާގެ ހަށިގަނޑު ނެރުނުއިރު، އެފުލުހުން ވެސް ތިބީ ފެންކަޅި ވެފައި ކަމަށް ރިޕޯޓުތަކުގައިވެއެވެ. އަދި ހަށިގަނޑުގެ ޕޯސްޓް މޯޓެމް ހެދުމުން، މަރާލުމުގެ ކުރިން އެތުއްތު ކުއްޖާއަށް ޖިންސީ ފުރައްސާރަ ކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މިހިތާމަވެރި މައްސަލައާއި ގުޅިގެން އެތުއްތު ކުއްޖާގެ އާއިލާގެ މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައެވެ.