ކެރަލާ ޖަންގަލީގައި ބޯކަނޑާލުމަށްފަހު ގަހެއްގަ އެލުވާފައި ހުއްޓާ ފެނުނު ލެޓްވީނިއާގެ އަންހެން ފަތުރުވެރިޔާގެ ތަޙްޤީޤަށް އަދިވެސް ކުރިއެރުމެއް ނުލިބޭ ކަމަށް ފުލުހުން ބުނެފިއެވެ.
ފަތުރުވެރިކަމަށް މަޝްހޫރު ކޯވަލަމުން 33 އަހަރުގެ ލިގޯ ސްކްރޮމޭން ގެއްލުނީ މިއަހަރުގެ މާރިޗް މަސް ތެރޭގައެވެ. ގަހެއްގައި ހަށިގަނޑު އެކޮޅުކޮޅުން އެލުވާފައި ހުއްޓާ ފެނުނީ މިމަހުގެ ކުރީކޮޅުއެވެ. އެއިރު ހަށިގަނޑު ވަނީ ކުނިވެ ގިރިފައެވެ.
ލިގޯގެ އަންހެން ކޮއްކޮ ބުނީ ދައްތަ ހޯދުމަށް ފުލުހުން އެއްބާރުލުން ނުދޭކަމަށެވެ. "އަހަރެން ފުލުހުންގެ އޮފީހަށް ދަން. ހެވިފަ ތިބެގެން ބުނަމުން އައީ ދައްތަ ފެންނާނެ ކަމަށް."
ކޮއްކޮ ބުނީ ޕޯސްޓްމޯޓޮމް ހެދުމަށްފަހު މިދިއަ ހޮނިހިރު ދުވަހު ރިޕޯޓް ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށާއި ނަމަވެސް އަދިވެސް އެ ރިޕޯޓް ފުލުހުން އަތުން ނުލިބޭ ކަމަށެވެ.