އުރީދޫ މަސް ރޭހުގެ ބައެއް ބައިވެރިންނާއިއެކު ސޮއިކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
އުރީދޫ މަސް ރޭހުގެ ބައެއް ބައިވެރިންނާއިއެކު ސޮއިކޮށްފި
މެއި މަހުގެ 4 ވަނަ ދުވަހު ފަށަން ހަމަޖެހިފައިވާ އުރީދޫ މަސް ރޭހުގެ ބައެއް ބައިވެރިންނާއިއެކު ސޮއިކޮށްފިއެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސޯޝަލް މީޑިއާ، މާކެޓިންގ އަދި ޕީއާރު ޕާޓްނަރަކަށް ސޮއިކުރީ މަޓާާޓޯއެވެ. މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ސޮއިކުރީ ޕީއެސްއެމްއެވެ. ފިޝަރީޒް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީން ވަނީ މަސް ރޭސް އެންޑޯޒްކޮށް ޕާޓްނަރުންގެ ގޮތުގައި ސޮއިކޮށްފައެވެ.



އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ މަސްރޭސް ރާއްޖޭގެ ތަފާތު ސަރަހައްދުތަކުގައި ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ އިވެންޓްތައް ފަށަން ހަމަޖެހިފައިވަނީ މާލެ ސަރަހައްދުގައެވެ. މި އިވެންޓުގައި ވާދަކުރާނީ މިނިސްޓްރީތަކާއި ޕަބްލިކް ކުންފުނިތަކުންނެވެ.



ރިޒޯޓުތަކަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ އިވެންޓް އޮންނާނީ މެއި މަހުގެ 5 ވަނަ ދުވަހު ކ. ގުޅީގައެވެ. މި އިވެންޓުގައި ވާދަކުރާނީ މާލެއިން ދެކުނުގެ ރިޒޯޓުތަކުންނެވެ.

އެންމެ ފަހުގެ އިވެންޓް ބާއްވަން ހަމަޖެހިފައިވަނީ ހދ ކުޅުދުއްފުށީގައެވެ.



އުރީދޫން މިއަދު ބުނީ މިފަހަރުގެ މަސްރޭހަކީ ރާއްޖޭގައި މިހައިތަނަށް ބާއްވާ އެންމެ ބޮޑު މަސްރޭސް ކަަމަށްވުމުން މުބާރާތުގެ ކަންތައްތައް ކުރިއަށް ގެންދާނީ ގިނަ ފަރާތްތަކެއް ގުޅިގެން ކަމަށެވެ.
މިއަދު އޮންލައިން