އިންޑިއާގެ އާގަރާގައި ދަތުރުކުރި ބަހެއްގެ މައްޗަށް މަގުމަތީގައި ދަމާފައިވާ ކަރަންޓް ކޭބަލެއް ވެއްޓި ހުޅުހިފައި 2 މީހުން މަރުވެ 30 މީހުން ޒަޚަމްވެއްޖެއެވެ.
ރިޕޯޓްތައް ބުނާގޮތުން ބަހުގައި ދަތުރުކުރީ ކައިވެނީގެ ހަފްލާއެއްގައި ބައިވެރިވުމަށް ދިއަ ބައެކެވެ.
ރޭ ހިނގި މިހާދިސާ އާއި ގުޅިގެން އިތުރު ހަމަނުޖެހުންތަކެއްވެސް ވަނީ ހިނގައިފައެވެ. މައްސަލަ ހައްލުކޮށް އެހީތެރިވެދޭން ފުލުހުންނާއި އިލެކްޓްރިސަނުން އައުން ލަސްވުމުން ޢާންމުން ވަނީ އެމީހުން އައި ވެހިކަލްތަކަށް ގައުއުކައި ހަމަލާދީފައެވެ. މި މައްސަލަތައް ހައްލުކުރެވުނީ އިތުރު ފުލުހުން ގެނުވައިގެންނެވެ.