ފައްޅިއަކަށް ގެންދިއަ ބަތްގަނޑެއް ކެއްކުމުގެ ތެރޭގައި ބޮނޑެއް ވެއްޓި ބަތް ކެއިމީހުންގެ ތެރެއިން 73 މީހުން ވިހަވެގެން އެޑްމިޓްކޮށްފިއެވެ.
މިއަދު ހެނދުނު މިމައްސަލަ ކުރިމަތިވެފައިވަނީ އިންޑިއާގެ ޗެންނާއީގެ ފައްޅިއެއްގައެވެ.
ރިޕޯޓްތައް ބުނާގޮތުން ބަތްގަނޑު ތެރެއިން މަރުވެފައި އޮތް ބޮނޑު ވަނީ ފެނިފައެވެ. ބަތް ކެއުމާއިއެކު ބޯއަނބުރައި ހޮނޑުލެވުން ފަދަ މައްސަލަތައް ވަނީ ކުރިމަތިވެފައެވެ. ފައްޅިން ބުނީ ބަތްގަނޑު ހަދިޔާކުރީ މީގެ ކުރިންވެސް އެފަދަ ހަދިޔާތައް ކުރާ ބައަކު ކަމަށެވެ.
މިމަހުގެ 5 ވަނަ ދުވަހު ހަމަ މިބާވަތުގެ މައްސަލައެއް ކޮޔަމްބަތޫރުގެ ފައްޅިއެއްގައި ކުރިމަތިވެ 30 މީހެއްގެ ޙާލު ވަނީ ސީރިއަސްވެފައެވެ.