އުރީދޫގެ ބްރޭންޑް އެމްބެސެޑަރަކަށް އެތްލީޓް އާތިފް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 30ސ
އުރީދޫގެ ބްރޭންޑް އެމްބެސެޑަރަކަށް އެތްލީޓް އާތިފް!
އުރީދޫގެ ބްރޭންޑް އެމްބެސެޑަރ ކަމަށް މަގްބޫލް ދުވުންތެރިޔާ އަދި އެންޑިއުރަންސް އެތްލީޓް އަހުމަދު އާތިފް، މިއަދު އައްޔަންކޮށްފިއެވެ. މިގޮތުން އުރީދޫ އާއި އާތިފް ގުޅިގެން، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ދިވެހި މުޖުތަމައު އަށް ބާރުއެޅުމުގެ ގޮތުން ތަފާތު މަސައްކަތްތައް ކުރުމަށް ވަނީ އެއްބަސްވެފައެވެ.

އުރީދޫގެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސައިން ނިޔާޒް ވިދާޅުވި "އެންޑިއުރަންސް އެތްލީޓެއްގެ ގޮތުން، އާތިފްގެ ގިނަގުނަ ކާމިޔާބީތަކާއި، ތަފާތު އައު ކަންތައްތައް ކުރުމުގައި ދައްކުވާދޭ ޖޯޝާއި ފޯރި އަޅުގަނޑުމެން ބަލައިގަނެ، އެކަމުން ހިތްވަރު ލިބިގަންނަން. މިގޮތުން، ތަފާތު އެކި ގޮންޖެހުންތައް ތަހައްމަލުކޮށްގެންވެސް، ބުރަ މަސައްކަތާއި އެކު އައު އުސްމިންތަކާއި ހަމައަށް ދިއުމަކީ، އުރީދޫ ބްރޭންޑު ބިނާކޮށްފައިވާ އެއް ބިންގާ. މިގޮތުން، އާތިފް އާއި އެކު މަސައްކަތް ކޮށްގެން، ކޮންމެ މީހެއްގެ އަމިއްލަ ހުވަފެންތަކާއި އުއްމީދުތައް ތެދަކަށް ހެދުމަށް ދިވެހި ޒުވާނުންނަށް އިތުރު ހިތްވަރެއް ދިނުމީ، އަޅުގަނޑުމެން ދެކެން ބޭނުންވާ ދުވަހެއް." ކަމަށެވެ.

"އުރީދޫގެ ބްރޭންޑް އެމްބެސެޑަރ އަކަށްވެ، އެކުންފުންޏާއި އެކު މަސައްކަތް ކުރުމަށް މި ފުރުސަތު ލިބުމަކީ އަޅުގަނޑު ވަރަށް އުފާވި ކަމެއް. ސަބަބަކީ، އައު، އަދި ތަފާތު ކަންތަށް ކުރުމުގައި، އުރީދޫ އަކީ އަބަދުވެސް ވަރަށް ފާހަގަކޮށްލެވޭ ބްރޭންޑެއް. ކިތަންމެ އުނދަގޫހެން ހީވާ ކަމެއްވެސް، ޑިސިޕްލިން އާއި އެކު، އެކަމެއް ކުރާހިތުން ކުރަން ހިތްވަރުކޮށްފިނަމަ، އެކަމެއް ވާނެކަމަށް އަޅުގަނޑު ގަބޫލުކުރަން. އަދި އުރީދޫ އާއި ގުޅިގެން، ދިވެހިންނަށް ކަމުދާފަދަ، ވަރަށް ތަފާތު ޗެލެންޖުތަކާއި ކުރިމަތިލާން ހަމަ ތައްޔާރު." އުރީދޫގެ އައު ބްރޭންޑް އެމްބެސެޑަރ، އަހުމަދު އާތިފް ވިދާޅުވިއެވެ.

އާތިފްގެ އިތުރުން، އުރީދޫގެ ބްރޭންޑް އެމްބެސެޑަރުންގެ ގޮތުގައި، ރާއްޖޭގެ އެންމެ މަގުބޫލު ފުޓްބޯޅަ ޓީމު ކަމުގައިވާ ނިއުރޭޑިއަންޓް، އަދި ދިވެހިންގެ ލޯބި ހޯދާފައިވާ މިއުޒިކް ބްރޭންޑް ކަމުގައިވާ ހަބޭސް ހިމެނެއެވެ. ހަމައެހެންމެ، މަޝްހޫރު ފުޓުބޯޅަ ތަރި ކަމަށްވާ ލިއޮނެލް މެސީ އަދި ޔޫރަޕްގެ އެންމެ ކުރިއަރައިފައިވާ އެއް ޓީމު ކަމުގައިވާ ޕެރިސް ސެއިންޓް ޖަމެއިން އަކީ ވެސް، ބައިނަލްއަޤްވާމީ މައިދާނުގައި އުރީދޫގެ ޕާޓްނަރުންނެވެ.

ރާއްޖޭގެ އަދި ރާއްޖޭގެ ބޭރުގެ ޕަރޓްނަރުންނާއި އެކު، ދިވެހި ރައްޔިތުންގެ މެދުގައި ދުޅަހެޔޮ ސިއްހަތެއް ގާއިމް ކުރުމަށް ހިތްވަރުދިނުމަށް މަސައްކަތްތައް ކުރަމުންދާނެއެވެ. ހަމައެއާއިއެކު، އުރީދޫގެ އެއް އަމާޒަކީ ޒުވާން ކުދިންގެ މެދުގައި އީޖާދީ އައު ކަންތައްތައްގިނައިން ކުރުމަށާއި، އެކުދިންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރުމަށް އިތުރު ހިތްވަރެއް ދިނުމަށެވެ.
މިއަދު އޮންލައިން