ރަސިއާގަ ޓެލެގްރާމް ބްލޮކްކުރުމުން އެތައް ހާސް ބައަކު މަގުތަކުގަ މުޒާހަރާކޮށް ކަރުދާސް ރޮކެޓް އުކައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
ރަސިއާގަ ޓެލެގްރާމް ބްލޮކްކުރުމުން އެތައް ހާސް ބައަކު މަގުތަކުގަ މުޒާހަރާކޮށް ކަރުދާސް ރޮކެޓް އުކައިފި
ރަސިއާގައި ޓެލެގްރާމް އެޕް ބްލޮކްކުރުމުން އެތައް ހާސް ބައަކު މަގުތަކުގައި މުޒާހަރާކޮށް ކަރުދާސް ރޮކެޓް އުކައިފި އެވެ.

މުޒާހަރާކުރި މީހުން ގޮވަމުން ގެންދިއައީ ރައީސް ޕުޓިންގެ ސަރުކާރަކީ މޮޔަވެފައިވާ ސަރުކާރެއް ކަމަށާއި ޓެލެގްރާމް ބްލޮކްކުރީ ޢާންމުންނަށް އުނދަގޫކުރަން ކަމަށެވެ. ބޭނުންވެގެން އުޅެނީ ރައްޔިތުންގެ އިޖުތިމާޢީ ގުޅުންތައް ކަނޑުވާލަން ކަމަށެވެ.

ރަސިއާއިން ޓެލެގްރާމް ބްލޮކްކުރަން ފެށީ ކޯޓުން އަމުރުކުރުމުންވެސް ސިއްރު ފުލުހުންނަށް އެކައުންޓުތަކަށް ވަދެވޭނެ ގޮތް ހަދައިދިނުމަށް ޓެލެގްރާމުން ދެކޮޅު ހެދުމުންނެވެ.

ވެރިރަށް މޮސްކޯގެ މަގުތަކުގައި 12،000 އަށްވުރެ ގިނަ މީހުން މިއަދު ވަނީ މުޒާހަރާކޮށްފައެވެ.
މިއަދު އޮންލައިން