ނަތަޔާންހޫގެ ބިސްމަޅީގަ އަރަބިން އަނެއްކާވެސް ބެދި ތާށިވަނީ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ނަތަޔާންހޫގެ ބިސްމަޅީގަ އަރަބިން އަނެއްކާވެސް ބެދި ތާށިވަނީ-
މެދުއިރުމަތި ތަޅައި ސުންނާފަތިކޮޅަން އިޒްރޭލާއި އެމެރިކާއިން ބޭނުންވުމުން އެމެރިކާއަށް ފެނުނީ އިރާޤުގައި މާބިޔަ ނުރައްކާތެރި ހަތިޔާރުތަކެއް ހުއްޓައެވެެ. އެކަމުގެ ބިރު ދައްކައި ސައުދިއަރަބިޔާ އާއި އެހެންވެސް ބައެއް ބޮޑެތި އަރަބި ޤައުމުތައް ސިއްސުވާލައިގެން މެދުއިރުމަތީގައި ވަނީ ބޮޑެތި ހަނގުރާތަކެއް ކޮށްފައެވެ.

ހަނގުރާމަތަކުގެ ފުރަތަމަ ނައްތައިލީ އިރާޤެވެ. ދެން ލީބިޔާއެވެ. ސީރިޔާ އެވަނީ މަރުވެފަައެވެ. ހަނގުރާމަތައް ކުރީ ހިލޭ ސާބަހަކަށް ނޫނެވެ. މުއްސަނދި އަރަބި ޤައުމުތަކުން ފައިސާ ނަގައިގެން ބޮޑު އަގުގައެވެ. "ރޭ މިތަށް ޓަނު ބޮން އަލައިފިން" ކަމަށްބުނެ ހެދިހާ ބިލްތަކަށް ސައުދިއަރަބިޔާ އާއި ކުވައިތާއި ޤަތަރުން އަދި ޔޫއޭއީ އިންވަނީ ފައިސާ ދައްކައިފައެވެ.
ނަތީޖާއަކީ މަރުވަމުން ދިއަ އިޒްރޭލާއި އެމެރިކާގެ އިޤްޠިޞާދު މުއްސަނދިވެ ކުރިއަރައިދިއުމެވެ.

މިފަހަރު މިދުއްވާ ބިސްމަޅިއަކީ އީރާނުގައި މާނުރައްކާތެރި ނިޔުކްލިއަރު ހަތޔާރުތަކެއް ހުރިކަން އިޒްރޭލަށް އެނގުމެވެ. އަދި ނިޔުކްލިއަރ ހަތިޔާރު އުފައްދާ ކާރުޚާނާތަކެއްވެސް އީރާނުގައި އެބަހުރިކަން އިޒްރޭލަށް އެނގުމެވެ. ޢަރަބި މުއްސަނދި ޤައުމުތަކުން މިހާރު އެދަނީ އިޒްރޭލުގެ އެ ބިސްމަޅީގައި ރަނގަޅަށް ޖެހުމެވެ.

އިޒްރޭލާއި އެމެރިކާއިން މިހާރު ބޭނުންވަނީ އީރާނާއި ދެކޮޅަށް ހަނގުރާމައެއް ފަށައިގަތުމަށެވެ. މަގުފަހިކުރަމުން އެގެންދަނީ އެކަމަށެވެ. އަރަބިންގެ އަތުގައި ހުރި މުއްސަނދިކަމުން ބޮޑުބައެއް މިފަހަރުވެސް ދަމައިގަންނަން އެދަނީ ތައްޔާރުވަމުންނެވެ.

ނަތަޔާންހޫ ދުއްވާ ބިސްމަޅީގެ އަޑު ސައުދީގައި މިހާރުވެފައިވަނީ ސައުދީގެ އެންެމެ އިސް މުފްތީ ވިދާޅުވާ ޚުޠުބާއެއް ފަދަ ކަމަކަށެވެ. އެހައި ތެދު ވާހަކައަކަށެވެ. އޮތީ ނުކުންނަ ނަތީޖާއަށް ބަލަން ތިބުމެވެ.
މިއަދު އޮންލައިން