އެތަށްވެސް ކާންދޭ މީހާ ބަަލައިގަންނަން އެނގޭ!
ޖަނަވާރުތަކަށް ބަލާއިރު އެތަކީ އެންމެ ބިޔަ އެއް ޖަނަވާރެވެ. އެތައްވެސް ކާންދޭ މީހާ ބަލައިގަންނަން އެނގެއެވެ.
ޚަބަރުގައިވާ އޭއެފްޕީގެ ފޮޓޯ އިން ތިއަ ފެނިވަޑައިގަންނަވަނީ ދުއްވާފައި ދިއަ ވެހިކަލެއް މަޑުކޮށް ސްރީލަންކާގެ މަގަކަށް ނުކުމެ އޮތް ޖަލްގަލީ އެތެއްގެ އަނގައަށް ލަވައި ކާންދޭ މަންޒަރެވެ.
އެތަކީ ރުޅި އަންނަންވެސް ދަންނަ ޖަނަވާރެކެވެ. އަވަށްތަކަށް ނުކުމެ ވެހިކަލްތަކަށާއި މީހުންނަށް ގެއްލުންދީ އަނިޔާވެސް ކޮށް ހަދައެވެ. ދާދިފަހުން އިންޑިއާގެ ފައްޅިއެއްގައި ބޭއްވި ރަސްމިއްޔާތަކަށް އެތެއްގެ ބުރަކަށްޓަށް ބުދެއް އަރުވައި ބޮޑު ހާމުދުރު އަރައި އިނދެގެން ދަތުރުކުރަނިކޮށް ވަނީ ރުޅި ގަދަވެ ބުދާއި ހާމުދުރު ހޫރާލައި ދުވެ ފިލަން މަސައްކަތްވެސް ކޮށްފައެވެ.