އިންޑިއަން އެއާފޯސްގެ ކުރީގެ ޗީފް އިދްރީސް ޙަސަން ލަޠީފް ނިޔާވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 27ސ
އިންޑިއަން އެއާފޯސްގެ ކުރީގެ ޗީފް އިދްރީސް ޙަސަން ލަޠީފް ނިޔާވެއްޖެ
އިންޑިއަން އެއާފޯސްގެ ކުރީގެ ޗީފް އިދްރީސް ޙަސަން ލަޠީފް ނިޔާވެއްޖެއެވެ. އޭނާ އެއާފޯސް ޗީފްގެ މަޤާމް އަދާކުރެއްވީ ސެޕްޓެމްބަރު 1978 އިން އޮގަސްޓް 1981 އަށެވެ.

އިދްރީސް ޙަސަން ލަޠީފް ނިޔާވީ ނިޔުމޯނިއާގެ އާލާސްކަންފުޅަކަށް އައިސީޔޫގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. ނިޔާވިއިރު އުމުރުފުޅަކީ 94 އަހަރެވެ.

އިދްރީސް ޙަސަން ލަޠީފް އިންޑިއަން އެއާފޯސް އާއި ގުޅިވަޑައިގަތީ 1941 ވަނައަހަރުއެވެ. ކޮމިޝަން ކުރެވުނީ 1942 ވަނަ އަހަރުއެވެ. އޭނާ ވަނީ އިންޑިއަން އެއާފޯސަށް ވަރަށް ގިނަ ގޮތްގޮތުން ޚިދުމަތްކުރައްވައިފައެވެ.
މިއަދު އޮންލައިން