އުމުރުން ދެ އަހަރުގައި ޗައިނާއިން އެޑޮޕްޓު ކޮށްފައިވާ ސޯފީ މިހާރު ދިރިއުޅެނީ ހެރިމަން، އޫޓާގެ ދެމަފިރިއެއް ކަމަށްވާ ކްރިސްޓިއޭން އާއި ޖެރެމީ ގްރީން އާއިއެކު އެވެ.
ސޮފީ ހުރިހާ މަސައްކަތެއް ވެސް ކުރަނީ އޭނާގެ ދެ ފައިންނެވެ. އެއީ ކެއުމާއި ބުއިން ކަމުގައި ވިޔަސް، ކުރެހުން ކަމުގައި ވިޔަސް އަދި ނެށުމުގެ އިތުރުން އަމިއްލަ އިސްތަށިގަނޑު ވެސް އޭނާ ދޮންނަނީ ދެފައި ބޭނުން ކޮށްގެނެވެ.
މިހުރިހާ ކަމަކީ ވެސް، ދެއަތްނެތި ކުރަން އަހަރެމެންނަށް ކުރަން ދަތި އުނދަގޫ ކަންތަކަށް ވިޔަސް، ކުޑަކުޑަ ސޯފީ މިކަންކަން ކުރަނީ ނުހަނު ފަސޭހަ ކަމާއިއެކުއެވެ.
ސޯފީގެ މަންމަ ކްރިސްޓިއޭން ބުނިގޮތުގައި، އޭނާއަށް ދުވަހަކުވެސް ސޯފީ ފެން ފެންވެރުވުމާއި، ރީތި ކުރުމާއި ކާން ދިނުން ފަދަ ކަންކަން ކުރަން ނުޖެހޭ ކަމަށެވެ.
"އަހަރެން އަދިވެސް ހަނދާން ހުރޭ ސޯފީ އަށް އެންމެ ފުރަތަމަ އައިސް ކޯނެއް ގަނެދިން ދުވަސް. އެއީ ސޯފީ އެޑޮޕްޓް ކޮށްގެން ގެއަށް ގެންނަމުން. އަހަރެން އުޅުނިން ސޯފީއަށް އަހަރެންގެ އަތުން އައިސްކޯން ބޯން ދޭން. އެކަމަކު އޭނާގެ ފައިން، އަހަރެންގެ އަތުން އޭނާ އައިސްކޯން އަތުލާފައި އަމިއްލައަށް ބޯން ފެށީ. އެދުވަހުން ފެށިގެން އަހަންނަށް އެނގުން ސޯފީ ގެންގުޅޭކަށް އަހަންނަށް އެއްވެސް ދައްޗެއް ނުވާނެކަން. އަދި އޭނާ އަށް ކޮންމެ ކަމެއް ވެސް ކުރެވިދާާނެކަން" ކްރިސްޓިއޭން ކިޔާދިނެވެ.
ސޯފީ ބުނިގޮތުގައި، އޭނާ މުޅި ދުނިޔެއަށް ވެސް އަންގާދޭން ބޭނުން ވަނީ، އޭނާފަދަ ކުދިންނަކީ މުޖުތަމައުގައި ބޭކާރު ކުދިން ނޫން ކަމުގައާއި އެފަދަ ކުދިންނަކީ ގެންގުޅެން އުނދަގޫ ކުދިންނެއް ނޫން ކަމުގައެވެ.
ކުޑަކުޑަ ސޯފީގެ އެއްބަނޑު އެއްބަފާ ދައްތަ ލެކްސީ އަކީ ލޮލަށް ފެނުމުން މަޙްރޫމުވެފައިވާ ކުއްޖެކެވެ. ކްރިސްޓިއޭން އާއި ޖެރެމީ ވަނީ ލެކްސީ ވެސް އެޑޮޕްޓު ކޮށްފައެވެ.