އިންޑިއާގެ އުއްތަރު ޕްރެދޭޝްގެ އަވަށެއްގައި ހިނގި އެކްސިޑެންޓެއްގައި މަރުވި 13 ކުދިންގެ ތެރެއިން 2 ކުއްޖެއްގެ ޕޯސްޓް މޯޓޮމް ހެދުމަށްފަހު ނުފަހައި އާއިލާ އާއި ހަށިގަނޑުތައް ހަވާލުކުރުމުން ޢާއިލާތަކަށް އިތުރު އަނިޔާއަކަށް ވެއްޖެއެވެ.
ޕޯސްޓްމޯޓޮމް ހަދާފައިވަނީ ޚާއްޞަ ހުއްދައެއްގެ ދަށުން އަވަށު ހޮސްޕިޓަލެއްގައެވެ.
ރިޕޯޓްތައް ބުނާގޮތުން ބަނޑުގެ ބޮޑު ބައެއް ފަޅައިލުމަށްފަހު ފަހާފައެއް ނުވެއެވެ. ހަށިގަނޑުތައް ޢާއިލާތަކާއި ހަވާލުކުރީ ބޮޑު ކޮތަޅަކަށް ލައިފައެވެ. ޢާއިލާތަކުން ބުނަނީ އެގޮތަށް ދިނުމުން ޖަނާޒާއަށް ފެންވެރުވޭނެ ގޮތެއް ނެތް ކަމަށެވެ.
މިއެކްސިޑެންޓް ހިނގަން މެދުވެރިވީ ދަރިވަރުންތަކެއް ގޮވައިގެން ދަތުރުކުރި ބަހެއް މީހުންތަކެއްގެ ތެރެއަށް ވަނުމުންނެވެ.