ދުބާއީގެ ސްކޫލްތަކުގެ ދަރިވަރުން 2017 އިން 2018 އަށް ފާއިތުވި 1 އަހަރު ދުވަސްތެރޭ 46 މިލިއަން ދިރުހަމްގެ ފެނާއި ކަރަންޓް ސަލާމަތްކުރުމުން ސަރުކާރުން އެކަން ފާހަގަކޮށްފިއެވެ.
ސަރުކާރުން ބުނީ ސްކޫލްތަކުން ކުރި މަސައްކަތުން މިއީ ސަލާމަތް ކުރެވުނު ވަރަށް ގިނަ އަދަދެއްގެ ފައިސާ ކަމަށާއި ފައިސާ ސަލާމަތް ކުރެވުމުގެ އިތުރުން މި މަސައްކަތުގެ ސަބަބުން ދަރިވަރުންނަށް ލިބުނު ފައިދާ ވަރަށް ބޮޑު ކަމަށެވެ.
އެގޮތުން އެކުދިންގެ އަމިއްލަ ދިރިއުޅުމުގައިވެސް މިކަމުގެ ފައިދާ ކުރާނެ ކަމަށާއި މިފަދަ ކަންކަން ކުރަންޖެހެނީ ހަރުދަނާ ފުދުންތެރި ޖީލެއް ބިނާ ކުރުމަށް ކަމަށްވެސް ސަރުކާރުން ބުނެއެވެ.
މި މަޝްރޫއުގައި އެންމެ އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށް ކުރިއެރުން ހޯދި ފަރާތްތައް ފާހަގަކޮށް ވަނީ އެވޯޑާއި އިނާމު ދީފައެވެ.