ކުލަގަދަ ޚަފްލާއަކާއިއެކު އައްޑޫސިޓީ އާއި ފުވައްމުލަކަށް މި ދެޚިދުމަތް ދިރާގުން ތަޢާރަފް ކޮށްފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 27 ވީ ހުކުރު ދުވަހާއި 29 ވީ އާދީއްތަ ދުވަހުއެވެ.
އެޚަފްލާތަކަށް ވަޑައިގެންނެވި ކަސްޓަމަރުންގެ މެދުގައި ގުރުއަތުލުމެއް ބާއްވާ، ގުރުއަތުން ހޮވުނު ނަސީބުވެރި އެއް ފަރާތަކަށް 55 އިންޗީގެ ޓީވީ އަކާއި އަދި ތިން މަސް ދުވަހުގެ ހިލޭ ދިރާގު ޓީވީ އަދު ފައިބަރ ޚިދުމަތް ދިރާގުން ވަނީ ހަދިޔާ ކޮށްފައެވެ. އޭގެއިތުރުން ގުރުއަތުން ހޮވުނު އިތުރު ހަތަރު ފަރާތަކަށް ވެސް ތިން މަސް ދުވަހުގެ ހިލޭ ދިރާގު ޓީވީ އަދި ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަން ދިރާގުން ދީފައިވެއެވެ.
ދިރާގުން ބޭއްވި އެޚާއްސަ ޚަފްލާތަކުގައި އެކުންފުނީގެ ބްރޭންޑް އެމްބެސެޑަރ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމް އާއި މޯލްޑިވިއަން އައިޑޮލް ސީޒަން 3 ގެ ގަދަ 6 އަކަށް ހޮވުނު ޝަހުދާން ގެ ލަވަ ހުށަހެޅުން ވެސް ފެނިގެން ގޮސްފައިވެއެވެ.
އައްޑޫސިޓީ އަދި ފުވައްމުލަކުގައި މި ދެ ޚިދުމަތް ތަޢާރަފް ކޮސްދިނުމުގެ ގޮތުން އެދެރަށުގައި ވެސް ވަނީ ދިރާގުން ޕްރޮމޯޝަނެއް ވެސް ފަށާފައެވެ. އެޕްރޮމޯޝަންގެ ދަށުން ފައިބަރ އަދި ދިރާގު ޓީވީ ގެ ޚިދުމަތް އެއްވެސް އަގަކާނުލާ ގުޅައި ދިނުމުގެ އިތުރުން ދިރާގު ޓީވީ ބެލުމަށް ބޭނުންވާ ޖޯއިބޮކްސް ހިލޭ ލިބިގެންދާނެއެވެ.