އިންޑިއާގެ ކެރެލާ ސްޓޭޓްގެ ޖަންގަލީގެ ގަހެއްގައި އެކޮޅުކޮޅުން އެލުވައި ބޯކަނޑާލާފައި ހުއްޓާ ފެނިފައިވަނީ ޑިޕްރެޝަނަށް ފަރުވާކުރަން ގޮސްހުރި ފަތުރުވެރި އަންހެނެއްކަން ހާމަވެއްޖެއެވެ.
ބޭރުގެ މަޝްހޫރުނޫހަކުން ހާމަކުރި ރިޕޯޓެއްގައި ބުނެފައިވަނީ އުމުރުން 33 އަހަރުގެ ލިގޯ އަކީ ލެޓްވީނިއާގެ އަންހެނެއް ނަމަވެސް އޭނާ ދިރިއުޅެމުން އައީ އަޔަރަލެންޑްގެ ޑަބްލިންގައި ކަމަށެވެ. އަދި އޭނާ އިންޑިއާއަށް ގޮސް ކޯވަލަމްގައި ހުރީ އޭނާގެ ލޯބިވެރިޔާ އާއިއެކުގައި ކަމަށެވެ. އަދި އޭނާ ދިއައީ އައިވަރދިކް ކޮލެޖަކުން ފަރުވާ ހޯދަން މަސައްކަތްކުރަމުން ކަމަށެވެ.
އެރިޕޯޓް ބުނާ ގޮތުން އޭނާ ވަގަށް ނަގައިގެން ގޮސް ޑްރަގުދީ އޭނާ ވަނީ ހޭނައްތާލައިފައެވެ. އަދި ރޭޕްކޮށް މަރައިލީ އެ ހާލަތުގައެވެ.
ފުލުހުން މިހާރު ވަނީ އޭނާ މަރައިލިކަމަށް ބެލެވޭ 2 މީހަކު ހައްޔަރުކޮށްފައެވެ. އެއިގެ ތެރެއިން އެކަކީ މިބާވަތުގެ ކުށް ކުރުމުގެ ރެކޯޑް އޮތް މީހެކެވެ.