ނޫސްވެރިއަކާއި ދެކޮޅަށް ކަޕިލް ޝަރުމާ އަބުރުގެ ދައުވާ އުފުލައިފި

ކިޔުމަށް ހޭދަވާނީ 1މ 7ސ
ނޫސްވެރިއަކާއި ދެކޮޅަށް ކަޕިލް ޝަރުމާ އަބުރުގެ ދައުވާ އުފުލައިފި
އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާ، އެޤައުމުގެ ނޫސް އޭޖެންސީއަކާއި ނޫސްވެރިއަކާއި ދެކޮޅަށް އަބުރުގެ ދައުވާ އުފުލައިފިއެވެ.

ކަޕިލް ގެ ވަކީލު ބުނެފައިވާ ގޮތުގައި "ނައިން އެކްސް މީޑިއާ ޕވޓ.ލޓޑ" އާއި އެމީޑިއާގައި މަސައްކަތް ކުރާ ވިކީ ލާލްވާނީ ގެ މައްޗަށް އަބުރުގެ ދައުވާ އުފުލާފައިވަނީ، ކަޕިލް އާއި ބެހޭގޮތުން ޝާއިއުކުރި އާޓިކަލްތަކެއްގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ބަދަލުގައި ޕަބްލިކަށް އެނގޭ ގޮތަށް މާފަށް އެދުމަށާއި 100 ކްރޯޑް ރުޕީސް ވެސް ދިނުމަށެވެ.

"ގަސްތުގައި އަހަރެންގެ މުއައްކިލުގެ އަގު ވައްޓާލުމަށް 'ސްޕޮޓްބޯއީ' ގައި ޝާއިއު ކޮށްފައިވާ އާޓިކަލްގެ ލިބުނު ގެއްލުމުގެ ބަދަލުގައި، މާފަށް އެދުމަށާއި 100 ކްރޯޑް ރުޕީސް ދެއްކުމަށް އަހަރުމެންވާނީ އޭނާއަށާއި އެނޫސްއޭޖެންސީ އަށް، ހަތް ދުވަހުގެ މުއްދަތެއްދީ ނޯޓިސް އެއް ފޮނުވާފަ. މުއްދަތު ހަމަވާއިރު މީގެން އެއްވެސް ކަމެއް ފުރިހަމަ ނުވެ ހުރިނަމަ، އެދެފަރާތާއި ދެކޮޅަށް އަހަރުމެން ސިވިލް އަދި ކްރިމިނަލް ކޯޓުގައި ދައުވާ ކުރާނަން" ކަޕިލް ޝަރުމާ ގެ ވަކީލު ތަންވީރް ނިޒާމް ބުނެފައިވެއެވެ.

ކަޕިލް އާއި ބެހޭގޮތުން ލާލްވާނީ ޝާއިއު ކޮށްފައިވަނީ ދޮގު މައުލޫމާތު ތަކެއް ކަމަށް ވެސް ތަންވީރްގެ ބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް އެއީ ކޮން ވާހަކަތަކެއް ކަމެއް ކަޕިލް ޝަރުމާގެ ވަކީލު ހާމަ ކޮށްފައެއް ނުވެއެވެ.
މިއަދު އޮންލައިން