ހޮނު އެޅުމުގެ 45 މިނިޓްކުރިން ސަރަހައްދު އަންގައިދޭ މޯބައިލް އެޕެއް ތަޢާރަފްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 31ސ
ހޮނު އެޅުމުގެ 45 މިނިޓްކުރިން ސަރަހައްދު އަންގައިދޭ މޯބައިލް އެޕެއް ތަޢާރަފްކޮށްފި
ހޮނު އެޅުމުގެ 45 މިނިޓްކުރިން ސަރަހައްދު އަންގައިދޭ މޯބައިލް އެޕެއް ތަޢާރަފްކޮށްފިއެވެ. މިއެޕް އަދި ޚާއްޞަކޮށްފައިވަނީ އިންޑިއާގެ އަންދްރަޕްރަދޭޝްއަށެވެ.

މި އެޕް ތަޢާރަފްކޮށްފައި މިވަނީ އަންދްރަޕްރެޝް ސްޓޭޓަށް ދާދިފަހުން 13 ގަޑިއިރުތެރޭގައި 38،000 އާއި ގާތްކުރާ އަދަދަކަށް ހޮނު އަޅައި ބައެއް މީހުން މަރުވެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ވަގުތެއްގައެވެ.

މި އެޕް އިންސްޓޯލް ކުރުމުން އިނގިރޭސި ބަހާއި ޓެލޫގޫ ބަހުން މެސެޖްތައް ލިބެން ފަށާނެއެވެ. އެ މެސެޖުތަކުގައި ހޮނު އަޅާނެ ކަމަށް ލަފާކުރެވޭ ސަރަހައްދުތައް އަންގައިދޭނެއެވެ.
މިއަދު އޮންލައިން