އަންހެނެއްގެ ބަނޑުން ބަރުދަނުގައި 60 ކިލޯ ހުރި، އަދި ބޮޑު މިނުގައި 3 ފޫޓް ހުރި ޓިޔުމަރެއް ނަގައިފިއެވެ. މި ބޮޑު އޮޕަރޭޝަން ކޮށްފައިވަނީ އެމެރިކާގެ މިއަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ކޮނެކްޓިކަޓްގެ ޑެންބަރީ ހޮސްޕިޓަލުގައެވެ.
ކާކުކަން ހާމަކުރަން ބަލި މީހާ ބޭނުމެއް ނުވެއެވެ. ނަމަވެސް ބުނެފައިވަނީ ޓިޔުމަރ އުފެދެން ފެށީ މިދިއަ އަހަރުގެ ނޮވެމްބަރު މަހު ކަމަށާއި ހަފްތާއަކު 10 ރާތާ ބަރުވަމުން އައި ކަމަށެވެ.
ޑޮކްޓަރުން ބުނެފައިވަނީ އަދިވެސް އޭނާ އަށް ފަރުވާ ދެމުން ގެންދާ ކަމަށާއި މިސައިޒުގެ ޓިޔުމަރ ނަގަންޖެހެނީ ވަރަށް މަދުން ކަމަށެވެ. އަދި މިހައިތަނަށް ދުނިޔޭގައި ރެކޯޑް ކުރެވިފައިވަނީ މިވަރުގެ 20 ވަރަކަށް ޓިޔުމަރ ކަމަށެވެ.