ޣާޒާ އަންހެނުން މުޒާހަރާކުރުމުގަ ސާބިތުކަމާއެކު ކުރިއަށް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ޣާޒާ އަންހެނުން މުޒާހަރާކުރުމުގަ ސާބިތުކަމާއެކު ކުރިއަށް
މާރިޗް މަހުގެ 30 ވަނަ ދުވަހުން ފެށިގެން ކޮންމެ ހަފްތާއަކު ޣާޒާގެ ރައްޔިތުން އިޒްރޭލާއި ދެކޮޅަށް ކުރަމުން ގެންދާ މުޒާހަރާތަކުގައި ޣާޒާގެ ގިނަ އަދަދެއްގެ އަންހެނުން ވެސް ދަނީ ބައިވެރިވަމުންނެވެ.

ފިރިހެނުން ޓަޔަރު އެންދުމާއި އެނޫން ކަންކަމުގައި އުޅޭއިރު ފަސްޠީނުގެ ދިދަ އުފަލަނީވެސް އަންހެނުންނެވެ. ފިރިހެނުންނެކޭ އެއްފަދައިން އަޑު އުފުލުމުގެ އިތުރުން އަނިޔާ ލިބޭ މީހުންނަށް ފަރުވާދީ އެހީތެރިވުމުގައިވެސް އަންހެނުން ގެންދަނީ އިސްދައުރެއް އަދާކުރަމުންނެވެ.

ބައެއް އަންހެނުން މުޒާހަރާއަށް ދަނީ އެމީހުންގެ ދަރިންކޮޅުވެސް ގޮވައިގެންނެވެ. ޔަހޫދީން ޖަހާ ބަޑިތަކަށާއި ކަރުނަ ގޭހަށް އަންހެނުންވެސް ވަނީ މިހާރު ހޭނިފައެވެ.

އަރަބިންގެ ޤަދިމީ ތާރީޚަށް ބެލިނަމަވެސް އަދި އިސްލާމީ ތާރީޚަށް ބެލި ނަމަވެސް ހަނގުރާމަތަކުގައި އަންހެނުން ވަނީ އިސްދައުރެއް އަދާކޮށްފައެވެ.
މިއަދު އޮންލައިން