ރާންޗީ- އުތުރު އިންޑިއާގެ އަވަށެއް ކަމުގައިވާ ޖާރްޚާންދް އަވަށުގައި އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކު ގޭންގް-ރޭޕް ކުރުމަށްފަހު، އޭނާގެ ގައިގާ އަލިފާން ރޯކޮށްލާ މަރާލައިފިއެވެ.
އެކުއްޖާ މަރާލީ އޭނާ ރޭޕް ކޮށްފައިވާ ކަމަށް ބުނެ އެއަވަށުގެ ބޮޑުން ގާތު، އަންހެން ކުއްޖާގެ މައިންބަފައިން ޝަކުވާކުރި ފަހުން ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފައިވެއެވެ.
މިމައްސަލައިގާ ތުހުމަތު ކުރެވޭ 18 މީހުންގެ ތެރެއިން 14 މީހުން މިހާރު ހައްޔަރު ކުރެވިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށް ދަ ހިންދޫ އިން މިއަދު ރިޕޯޓު ކޮށްފައިވެއެވެ.
އިންޑިއާ ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، އަންހެން ކުއްޖާގެ މައިންބަފައިން މައްސަލަ ހުށަހެޅުމުން އެކަމުގެ އަދަބެއްގެ ގޮތުގައި ރޭޕް ކުރި މީހުން 100 ޕުޝަޕް ހޯދުމަށާއި 50،000 ރުޕީސް ގެ ޖޫރިމަނާއެއް ދެއްކުމަށް އެއަވަށުގެ އިސްވެރިން ވަނީ އެމީހުންގެ މައްޗަށް އަމުރުކޮށްފައެވެ.
އެއަމުރާއި ގުޅިގެން ރުޅިއައިސްގެން އެމީހުން އަންހެން ކުއްޖާގެ މައިންބަފައިންނަށް ހަމަލާދީ، އަދި އަންހެން ކުއްޖާގެ ގައިގާ ރޯކޮށްލީ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ދެ މީހަކުވެގެން އެއަންހެން ކުއްޖާ ރޭޕް ކޮށްފައިވަނީ، އޭނާގެ މައިންބަފައިން ގޭގައި ނުއުޅޭ ވަގުތެއްގައި އެގެއަށްވަދެ އެކުއްޖާ ރަހީނު ކޮށްގެން ވަލުތެރެއަށް ގެންގޮސް ކަމަށް އިންޑިއާ ފުލުހުން ބުނެފައިވެއެވެ.