ހިއްސާއަކަށް 3.20 ރުފިޔާ ބަހަން އުރީދޫ އިން ފާސްކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 26ސ
ހިއްސާއަކަށް 3.20 ރުފިޔާ ބަހަން އުރީދޫ އިން ފާސްކޮށްފި
ވޭތުވެދިޔަ އަހަރު އުރީދޫއަށް ލިބުނު ފައިދާގެ ތެރެއިން ކޮންމެ ހިއްސާއަަކަސް 3.20 ރުފިޔާ ބަހަން އެކުންފުނިން މިރޭ ފާސްކޮށްފިއެވެ.

އުރީދޫ މޯލްޑިވްސް އިން އެފަދައިން ފާސްކުރީ ޙިއްސާދާރުންނާއިއެކު އުރީދޫ މޯލްޑިވްސް އިން މިރޭ ބޭއްވި އަހަރީ އާންމު ޖަލްސާގައި ވޭތުވެދިޔަ އަހަރުގެ ޔައުމިއްޔާ ފާސްކުރުމާއި މާލީ ހިސާބުތަކާއި އޯޑިޓަރުންގެ ރިޕޯޓު ފާސްކުރުމުގެ އިތުރުން ވޭތުވެދިޔަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓު ފާސް ކުރުމާއި މިއަހަރަށް އޯޑިޓަރުން އައްޔަނުކޮށް އުޖޫރަ ކަނޑައެޅުމާއި ފާސްކުރުމުގެ ޚަފްލާގެ ތެރެއިންނެވެ.



އުރީދޫ މޯލްޑިވްސްގެ މިއަހަރުގެ އާންމު ޖަލްސާގައި ޑިރެކްޓަރުންގެ ގޮތުގައި ޗެއާރ އޮފް ނޮމިނޭޝަން އެންޑް ރެނިއުމެރޭޝަން ކޮމިޓީ ޑރ. އޭ ހާމިދް މޯޑް އޭ މަރާފީ ، ޗީފް އެގްޒެކެޓިވް އޮފިސަރ ނަޖީބް ޚާން، ޗެއާރ އޮފް އޮޑިޓް ކޮމިޓީ އިއަން ގްރާން ސެންޓަން، ޚާލިދު ޙަސަން އެމް އޭ އަލްއަހްމާދީ، އަލްއުސްތާޛާ ދީނާ ޙުސެއިން، އަޙުމަދު ޒުހޫރް، އަދި ޗީފް ފައިނޭންސިންގ އޮފިސަރ ތައުބަދަން ކޫބަލަސިންގަމް ބައިވެރިވެފައިވެއެވެ.



މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑިރެކްޓަރ ޑރ. އޭ ހާމިދް މޯޑް އޭ މަރާފީ ވިދާޅުވީ އުރީދޫ މޯލްޑިވްސްގެ ހިއްސާދާރުންނާއިއެކު ކޮންމެ އަހަރަކު އެކުންފުނީގެ ފަރާތުން ބާއްވާ މިޖަލްސާގައި ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.



"މިފަދަ ޖަލްސާއެއް ބޭއްވުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް. އެގޮތުން މިދިޔަ އަހަރަކީ އުރީދޫ މޯލްޑިވްސްގެ ތާރީޚުގައި ނުހަނު ކާމިޔާބު އަހަރެއް. ރެވެނިއު އިންނާއި ޕްރޮފިޓުން އުރީދޫއަށް މިއަހަރު 14 އިންސައްތަ އިތުރުވެފައިވޭ" ޑރ. ހާމިދު ވިދާޅުވިއެވެ.

މިއަދު އޮންލައިން