ޑޮކްޓަރަކަށްވުމަށް ދަރިފުޅު އިމްތިހާން ހަދަން އިންދާ ބައްޕައަށް ހާޓްއެޓޭކެއްޖެހި މަރުވެއްޖެ
ޑޮކްޓަރަކަށްވުމަށް ދަރިފުޅު އިމްތިހާން ހަދަން އިންދާ ބައްޕައަށް ހާޓްއެޓޭކެއްޖެހި ބައްޕަ މަރުވެއްޖެއެވެ. މިހާދިސާ ހިނގާފައިވަނީ އިންޑިއާގެ އަރުނާކުލަމްގައެވެ.
ދަރިފުޅުގެ އިމްތިހާނަށްޓަކައި ދުރު ސްޓޭޓަކުން އައިސް ތިބީ ހޮޓަލަކުން ކޮޓަރިއެއް ކުއްޔަށް ހިފައިގެންނެވެ. ދަރިފުޅު އިމްތިހާން ހެދުމަށް ހޯލަށް ގެންދިއައީ ވެސް ބައްޕައެވެ. "އޮޓޯ ރިކްޝޯއެއްގަ ދެބަފައިން އެކުގަ ދިއައީ. އެނބުރިއައީ ބައްޕައެކަނި."
ހޮޓަލުން ބުނީ ކުޑައިރުކޮޅެއްފަހުން ބޮލަށް އެނބުރުމެއް އަރާެން ހީވާ ކަމަށް ބުނުމުން ހޮޓަލުން އޭނާ ހޮސްޕިޓަލަށް ގެންގޮސްދިން ކަމަށެވެ. އަދި އެހީތެރިވުމަށް މީހަކުވެސް ބެހެއްޓި ކަމަށެވެ. ހޮސްޕިޓަލުން ބުނީ ގެންދިއައިރު ހަކުރު ހުރީ ވަރަށް މަތީގައި ކަމަށާއި ފަރުވާއަށް ފެށިތަނާ ހާޓްއެޓޭކެއް ޖެހި މަރުވީ ކަމަށެވެ.
ޓެމިލްނާޑޫ ސްޓޭޓް ސަރުކާރުން ވަނީ އޭނާގެ މަރާއި ގުޅިގެން އެހީއެއްގެ ގޮތުގައި 300،000 ރުޕީސް ދީފައެވެ.