މަރާލި އާސިފާގެ ޝަރީޢަތް ސީބީއައި ގެ ތަހުޤީޤަކާއި ނުލާ ކުރިއަށް ގެންދިޔުމަށް އިންޑިއާ ސުޕްރީމް ކޯޓުން އަމުރު ކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 8ސ
މަރާލި އާސިފާގެ ޝަރީޢަތް ސީބީއައި ގެ ތަހުޤީޤަކާއި ނުލާ ކުރިއަށް ގެންދިޔުމަށް އިންޑިއާ ސުޕްރީމް ކޯޓުން އަމުރު ކޮށްފި
މިއަހަރުގެ ޖެނުއަރީ މަހު އިންޑިއާގެ ޖާއްމޫގެ ފައްޅިއެއްގައި ގޭންގް-ރޭޕްކޮށް ރަހުމު ކުޑަ ގޮތަކަށް މަރާލި އުމުރުން އެންމެ އަށް އަހަރުގެ އާސިފާގެ މަރުގެ ޝަރީޢަތް، އިންޑިއާގެ ސީބީއައި ގެ ތަހުޤީޤު ކުރުމަކާއި ނުލާ، ޕަޓާންކޮޓް ކޯޓުން ކުރިއަށް ގެންދިޔުމަށް އެޤައުމުގެ ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުން މިފަދައިން މިއަދު ނިންމާ އަމުރުކުރީ، އާސިފާގެ ޝަރީޢަތުގެ ސަބަބުން އެއާއިލާއަށާއި އަދި އާސިފާއަށް އިންސާފު ހޯދާ ދިނުމަށް މަސައްކަތް ކުރަމުންދާ ވަކީލުންނަށް ބިރުދެއްކުން ލިބެމުންދާކަމަށް ބުނެ އޭނާގެ ބައްޕަ ހުށަހެޅި ޕެޓިޝަނަކާއި ގުޅިގެންނެވެ.

ޕަތާންކޮޓް ކޯޓުން ޕަބްލިކް ޕްރޮސެކިއުޓަރެއް އަންޔަނު ކުރުމަށާއި އާސިފާގެ އާއިލާ އަދި ވަކީލުންނަށް ހިމާޔަތްކަން ދިނުމަށް ވެސް ކަމާއިބެހޭ ފަރާތްތަކަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ނަމަވެސް ޝަރީޢަތް ވީޑިއޯ ކުރުމަށާއި ޝަރިޢަތް ކުރިއަށް ގެންދަންވާނީ އެޕްރޮވިންސްގެ ރަންބިރް ޕެނަލް ކޯޑާއި އެއްގޮތުގެ މަތިން ދައުވާ ކުރާ ފަރާތާއި ދައުވާ ލިބޭ ފަރާތަށްވެސް އިންސާފުވެރި ގޮތަކަށް ކަމަށް ވެސް މަތީ ކޯޓުގެ އެއަމުރުގައިވެއެވެ.

އާސިފާ ގޭންގް-ރޭޕްކޮށް މަރާލުމުގައި އިންޑިއާގެ ބައެއް ފުލުހުން ވެސް ހިމެނިގެންވެއެވެ. މިމައްސަލައިގެ ބައެއް ހެކިތައް ވެސް ނައްތާލުމަށް އެފުލުހުން ވަނީ މަސައްކަތް ކޮށްފައެވެ.
މިއަދު އޮންލައިން