ވަޓްސްއަޕް އެކައުންޓް "ގޮއްވާލާ ބޮމެއް" މެސެޖުކުރަން ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
ވަޓްސްއަޕް އެކައުންޓް "ގޮއްވާލާ ބޮމެއް" މެސެޖުކުރަން ފަށައިފި
ވަޓްސްއަޕް އެކައުންޓް "ގޮއްވާލާ ބޮމެއް" މެސެޖުކުރަން ފަށައިފިއެވެ. އެކައުންޓް އެޕްލިކޭޝަނެއްގެ ގޮތުގައި ލިބޭ މެސެޖު ހުޅުވައި އެކްޓިވޭޓްކުރަން އުޅެފިނަމަ އެމީހެއްގެ އެކައުންޓްގައިވާ ހުރިހާ މައުލޫމާތެއް އެސްއެމްއެސް ފޮނުވި ފަރާތަށް ލިބިގެންދެއެވެ.

މިއީ މެސެޖެއްގެ ގޮތުގައި ފޮނުވާލާ ބަގެކެވެ. މި ބަގްގެ ސަބަބުން ފޯނުގައިވާ އެންޑްރޮއިޑް ނިޒާމްވެސް ހަލާކުކޮށްލައެވެ. މިބާވަތުގެ ބަގްތައް ފޮނުވުމަކީ އަބަދުވެސް ކުރަމުން އަންނަ ކަމެކެވެ. ހޭލުންތެރިކަން ކުޑަ ބައެއް މީހުން މިމަޅީގައި ޖެހެއެވެ.

ބައެއް އަމިއްލަ ފަރާތްތަކުން މިކަމުގެ މައުލޫމާތު ހާމަކުރިނަމަވެސް ވަޓްސްއަޕުން އަދި ރަސްމީކޮށް ބަހެއް ބުނެފައެއް ނުވެއެވެ.
މިއަދު އޮންލައިން