ދިރާގު ހައި ސްޕީޑް ފައިބަރ އިންޓަނެޓް އަދި ދިރާގު ޓީވީގެ ހިދުމަތް އޭދަފުށީގައި ތަޢާރަފްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 55ސ
ދިރާގު ހައި ސްޕީޑް ފައިބަރ އިންޓަނެޓް އަދި ދިރާގު ޓީވީގެ ހިދުމަތް އޭދަފުށީގައި ތަޢާރަފްކޮށްފި
ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގު ޓީވީގެ ހިދުމަތާއެކު ދިރާގުގެ ހައިސްޕީޑް ފައިބަރ ގެ ހިދުމަތްބ. އޭދަފުށީގައި މިއަދުރަސްމީކޮށް އިފްތިތާހްކޮށްފިއެވެ. މިއީ މިހާތަނަށް 2018 ވަނަ އަހަރު ދިރާގުން މި ދެ ހިދުމަތް ތައާރަފްކުރި 18 ވަނަ ރަށެވެ.

މި ދެ ހިދުމަތް ތައަރަފްކޮށްދިނުމުގެ ގޮތުން މި ރަށުގައިވަނީ ޕްރޮމޯޝަނެއްވެސް ފަށާފައެވެ. މި ޕްރޮމޯޝަނުގެ ދަށުން ފައިބަރ އަދި ދިރާގު ޓީވީ ގެ ހިދުމަތް އެއްވެސް އަގަކާނުލައި ގުޅައި ދިނުމުގެ އިތުރުން ދިރާގު ޓީވީ ބެލުމަށްބޭނުންވާ ޖޯއިބޮސް ހިލޭ ލިބިގެންދާނެއެވެ.

ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ. ބ. އޭދަފުށީގައިމިގާއިމު ކުރެވުނު ފައިބަރގެ ހިދުމަތް މެދުވެރިކޮށް ދިރާގުޓީވީ ފަސޭހަކަމާއެކު ބަލާލެވޭނެއެވެ.

މާލެއާއި އަތޮޅުތެރޭގައި ފޯރުކޮށްދޭ ހިދުމަތުގައި އެއްވެސް ތަފާތުކުރުމެއްނެތި ހަރަދުކުޑަކޮށް ދިރާގުޓީވީގެ އިންޓްރޯޑަކްޓަރީ ޕެކްޖްގައި 80 އަށް ވުރެ ގިނަ ޗެނެލްތައް ބަލާލެވޭނެއެވެ. މިގޮތުން ރާއްޖޭގައި މުޅިން އަލަށް ތައާރަފްކުރި ޑިޒްނީ ގެ ޗެނެލްތަކުން ފެށިގެން ގޮސް ހަބަރާއި މުނިފޫހިފިލުވުން އަދި އެންމެ ފަހުގެ ހިންދީ އަދި އިނގިރެސި ފިލްމާ މިއުޒިކް ޗެނެލްތައް ހިމެނެއެވެ. ދިރާގުގެ އިންޓްރޯޑަކްޓަރީ ޕެކެޖްގެ އަގަކީ 300 ރުފިޔާއެވެ.

ދިރާގު ޓީވީ އަކީ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން ޒަރީއާއިން ޖޯއިބޮކްސް ނުވަތަ ސެޓްޓޮޕް ބޮކްސް މެދުވެރިކޮށް ހޯދާ ހިދުމަތަކަށް ވިޔަސް ދިރާގު ޓީވީ ބަލާކަށް އިންޓަނެޓްގެ އިތުރު ހަރަދެއް ނުހިނގުމުގެ އިތުރުން އިންޓަނެޓްގެ ޑައުންލޯޑް ލިމިޓް (ޔޫސޭޖް އެލަވަންސަކަށް) އަސަރެއްނުކުރާނެއެވެ. ދިރާގު ޓީވީމެދުވެރިކޮށް އެންމެ ފަހުގެ ހަބަރާއި މުނިފޫހިފިލުވުމުގެ ޗެނެލްތައް ބަލާލެވޭނެއެވެ.

ފައިބަރބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ 1ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ޚިދުމަތެވެ.

ދިރާގުގެ ފައިބަރ ޓު ދަ ހޯމް މާލެ، ވިލިމާލެ އަދި ހުޅުމާލެ ގެ އިތުރުން 35 އެހެން ރަށަކަށް ވަނީ ފޯރުކޮށްދީފައެވެ. އަދި އޭޑީއެސްއެލްގެ ހިދުމަތް ރާއްޖޭގެ އާބާދީ ބޮޑެތި ހުރިހާ ރަށަކުންލިބެއެވެ.


މިއަދު އޮންލައިން