އެމިރޭޓްސް އެއާލައިނަށް މިދިއަ އަހަރުވެސް 4.1 ބިލިއަން ދިރުހަމްގެ ފައިދާއެއް ލިބިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 29ސ
އެމިރޭޓްސް އެއާލައިނަށް މިދިއަ އަހަރުވެސް 4.1 ބިލިއަން ދިރުހަމްގެ ފައިދާއެއް ލިބިއްޖެ
ދުނިޔޭގެ އެންމެ މަޝްހޫރު އެއާލައިންތަކުގެތެރޭގައި ހިމެނޭ ޔޫއޭއީގެ އެމިރޭޓްސް އެއާލައިނަށް މިދިއަ އަހަރު 4.1 ބިލިއަން ދިރުހަމްގެ ފައިދާއެއް ލިބިފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިއީ ކުރީއަހަރަށްވުރެ 67 އިންސައްތަ އިތުރު އަދަދެކެވެ. މިއީ އެމިރޭޓްސް އެއާލައިނަށް ވިދިވިދިގެން ފައިދާ ލިބެމުން އަންނަތާ 30 ވަނަ އަހަރެވެ.

އެއާލައިނުން ބުނެފައިވަނީ 31 މާރިޗް 2017 އިން 31 މާރިޗް 2018 އަށް ފާއިތުވި 1 އަަހރު ދުވަހަކީ ދުނިޔޭގައި ހަމަނުޖެހުންތައް ގިނަވުމާއި އަދި އިޤްޠީޞާދީ ދަތިތައް ގިނަކަމުން އެކަށީގެންވާ ފައިދާއެއް ހޯދަން ގޮންޖެހުންތައް ކުރިމަތިވި އަހަރެއް ކަމަށެވެ.
މިއަދު އޮންލައިން