ބާރުގަދަ ބިންހެލުމެއްގެ އަސަރު ޕާކިސްތާނަށް ކުރަން ފަށައިފި

ކިޔުމަށް ހޭދަވާނީ 1މ 9ސ
ބާރުގަދަ ބިންހެލުމެއްގެ އަސަރު ޕާކިސްތާނަށް ކުރަން ފަށައިފި
އިސްލާމްއާބާދު- އަފްޣާނިސްތާނަށް އެރި ބާރުގަދަ ބިންހެލުމެއްގެ އަސަރު ޕާކިސްތާނުގެ އެކި އަވަށަށް ކުރުމާއިއެކު މުޅި ޤައުމު ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި 6.4 މެގްނިޓިއުޑް ބާރުމިނުގެ މިބިންހެލުމުގެ އަސަރު ކޮށްފައިވަނީ ލާހޯރް، ފައިސަލްއާބާދު، އޮކާރާ، ސަރްގޮދާ، އިސްލާމްއާބާދު، ރަވާލްޕިންޑީ، ޖްހާންގް، ޝިއްނިއޮޓް، މުއްރީ، ނަރޮވާލް، ޗިތްރަލް އަދި ވާޒިރްއާބާދަށެވެ.

މީގެއިތުރުން ޚައިބަރު ޕަޚްތުންކްވާ ގެ ބާގް، އަބޯތާބާދު، މަލަކަންދް، ދޭރާ އިސްމާއިލް ޚާން، ޗަރްސައްދާ، މަންސެހްރާ، ދީރް އަދި ސަވާތުގެ އެކި ހިސާބުތަކަށް ވެސް މިބިންހެލުމުގެ ސަބަބުން އަސަރުކޮށް އެސަރަޙައްދުތަކުގެ ބިންގަނޑު 15 މިނެޓާއި 20 މިނެޓު ވަންދެން ގުޑާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ޕާކިސްތާނު މީޓިއޮރޮލިޖިކަލް ޑިޕާޓްމަންތް (ޕީއެމްޑީ) އިން ބުނި ގޮތުގައި މިބިންހެލުމުގެ އަސަރު އެންމެ ފުރަތަމަ ކުރަންފެށީ އިސްލާމްއާބާދާއި 97 ކިލޯމީޓަރު ދުރުން އަފްޣާނިސްތާން-ތަޖިކިސްތާން ބޯޑަރާއި ދިމާލުންނެވެ.

މިބިންހެލުމުގެ އަސަރު ކަޝްމީރަށާއި އިންޑިއާގެ ނިއު ދިއްލީ އަށް ވެސް ކުރަމުންދާ ކަމަށާއި އެދެއަވަށުގެ ބިންގަނޑު ގުޑަމުންދާ ކަމުގެ މައުލޫމާތު ތަކެއް ވެސް ވަނީ ލިބިފައެވެ.
މިއަދު އޮންލައިން