އިޒްރޭލުން ސީރިޔާއަށް ދިން ހަމަލާއެއްގަ އިރާނުގެ 4 ޖެނެރަލުން މަރުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 26ސ
އިޒްރޭލުން ސީރިޔާއަށް ދިން ހަމަލާއެއްގަ އިރާނުގެ 4 ޖެނެރަލުން މަރުވެއްޖެ
އިޒްރޭލުން ސީރިޔާއަށް ދިން މިސައިލް ހަމަލާއެއްގައި އިރާނުގެ 4 ޖެނެރަލުންނާއި 4 އޮފިސަރުން މަރުވެއްޖެއެވެ. މީގެ އިތުރުންވެސް 7 މީހަކު މަރުވެ މަރުވި މީހުންގެ އަދަދު ވަނީ 15 އަށް އަރައިފައެވެ.

އޒްރޭލުން މިހަމަލާ ދީފައި ވަނީ މިއަދު ހެނދުނު ސީރިޔާގެ ވެރިރަށް ދިމިޝްޤް ކައިރީގައި ހުންނަ ސަރުކާރު ސިފައިންގެ ކޭމްޕަކަށެވެ.

މިހަމަލާ އާއި ގުޅިގެން ސީރިޔާއަކުންވެސް އަދި އިރާނަކުންވެސް އަދި މިހައިތަނަށް ރަސްމީ އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. ރޮއިޓަރސް އިންވެސް މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.
މިއަދު އޮންލައިން