މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލި ގޮތުގެ ހަޤީޤަތް ވެސް އެނގޭނެ ދުވަހެއް މާތް ﷲ މިންވަރުކުރެއްވެވުމަކީ ގިނަ ބައެއްގެ ދުޢާއެވެ.
ޤާތިލުންނަށް ފިލައިގެންވެސް އުޅެވެއެވެ. އަދި ޤާތިލުން ލައްވައި އެކަންކަން ކުރުވާ މީހުންނަށްވެސް ފިލައިގެން އުޅެވެއެވެ. ނަމަވެސް ކަމުގެ ވަގުތު ޖެހުމުން އެކަމެއް ހާމަވާ ހާދިސާތައްވެސް މަދެއް ނޫނެވެ.
2009 ވަނަ އަހަރު އޮސްޓްރޭލިއާގައި މަރާލެވުނު އަންހެނެއްގެ މަރުގެ ހާދިސާ އާއި މެލޭސިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާޤާއި މިހާރު މިވަނީ ވަރަށް ރަނގަޅަށް ގުޅުވާލެވިފައެވެ.
ނަޖީބު ރައްޒާޤު މަންދޫބަކު ފޮނުވައި އެއްވެސް ވާހަކައެއް ނުދައްކަން އެދުނުކަމުގެ ރިޕޯޓްތައް މިހާރު ދަނީ ޢާންމުވަމުންނެވެ.
ގުޅުންހުރި ގާޑިއަން ނޫހުގެ ލިޔުން: