ކޮފީ، މާ، ހިލޭ އިންޓަރނެޓް، ދޯސާ ފަދަ ތަކެތި ދީގެންވެސް ވޯޓުލާން ހިއްވަރުދެނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ކޮފީ، މާ، ހިލޭ އިންޓަރނެޓް، ދޯސާ ފަދަ ތަކެތި ދީގެންވެސް ވޯޓުލާން ހިއްވަރުދެނީ
ބެންގަލޫރުގައި މިއަދު ބާއްވާ އިންތިޚާބުގައި ވޯޓުލާ މީހުންނަށް ކޮފީ، މާ، ހިލޭ އިންޓަރނެޓް، ދޯސާ ފަދަ ތަކެތި ދީގެންވެސް ގިނަ ބައަކު ނުކުމެ ވޯޓުލާން ހިއްވަރުދެމުން އެބަގެންދެއެވެ.

އަލަށް ވޯޓުލާން ނުކުންނަ ޒުވާނުންނަށް ކޮފީ އާއި ދޯސާ ފަދަ ތަކެތި ލިބޭއިރު އެނޫން މީހުންނަށް ދެނީ ކޮފީއެވެ.

މިޙަރަކާތް އިންތިޒާމުކުރާ ފަރާތުން ބުނަނީ ބޭނުންވަނީ ވަކި ޕާޓީއަކަށް ވޯޓުލައްވަން ނޫން ކަމަށާއި ބޭނުންވަނީ ވީހައި ގިނަ ބައަކު ވޯޓުލާން ނުކުތުމަށް ހިތްވަރުދޭން ކަމަށެވެ.

މިކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ 20 ރެސްޓޯރަންޓް ހިންގާ މީހެކެވެ. އޭނާ ބުނީ އޭނާގެ ގްރޫޕުގައި ހިމެނޭ 20 ރެސްޓޯރަންޓުންވެސް މިއަދު ހިލޭ ޚިދުމަތް ދޭނެ ކަމަށެވެ.

"މިކަން ކުރަން ޝައުޤުވެރިވީ ރެސްޓޯރަންޓުގައި ތިބެ ޒުވާނުން ދައްކާ ވާހަކައިގެ އަޑު އިވުނީމާ. އެމީހުން ބުނަނީ ވޯޓުލީ ނަމަވެސް ނުލީ ނަމަވެސް ނަތީޖާ ބަދަލެއް ނުވާނެއޭ. ވާނެ ފައިދާއެއްވެސް ނެތޭ. އެހެންވެ އެމީހުންގެ ވިސްނުން ހުރީ ވޯޓުލާން ނުކުންނަ ގޮތަކަށް ނޫން. އެހެންވީމާ ކެއުމާއި ކޮފީ ދީގެންވެސް ވޯޓުލާން ނެރެވޭތޯ މިބަލަނީ. މުހިންމެއް ނޫން ވަކި ޕާޓީއަކަށް ވޯޓުލާކަށް. ވޯޓުލީކަމަށް އިނގިލީގެ ނިޝާން ދެއްކީމާ ޚިދުމަތް ލިބޭނެ." ކަމަށް އޭނާ ބުނެފައިވެއެވެ.
މިއަދު އޮންލައިން