އަންނަ ހޯމަ ދުވަހު އިޒްރޭލު ބޯޑަރު ފެންސް ފޫއަޅުވާލެވޭވަރުގެ ބޮޑު މުޒާހަރާއަކަށް ނުކުންނަން ތައްޔާރުވަމުން އަންނަ ކަމަށް ހަމާސް އިން ބުނެފިއެވެ.
ހަމާސް އިން ބުނީ އެތައް ހާސް ބައަކު މުޒާހަރާއަށް ނުކުންނާނީ އެއްވެސް ހަތިޔާރެއް ނެތި ހުސް އަތާ ކަމަށެވެ. ނަމަވެސް ބޯޑަރު ފެންސް ފޫއަޅުވައިލެވޭ ވަރަށް މީހުން ބައިވެރިވާނެ ކަމަށެވެ.
ޣާޒާގެ އެތައް ސަތޭކަ ބައަކު އިއްޔެވެސް ވަނީ މުޒާހަރާކޮށްފައެވެ. އިއްޔެގެ މުޒާހަރާ ތެރެއަށް ޔަހޫދީ ސިފައިން ބަޑިޖެހުމުން އެކަކު މަރުވެ 50 މީހުން ހޮސްޕިޓަަލަށް ގެންދަން ޖެހުނެވެ. މުޒާހަރާ ރޫޅައިލީ ގިނަ އަދަދެއްގެ ކަރުނަ ގޭސް ޖަހައިގެންނެވެ.