ޔަހޫދީ ސިފައިން ޣާޒާގައި ހުރި މަދު އިންޖީނުގެތަކުން އިންޖީނުގެއަކަށް ބޮން އަޅައި މިއަދު އެތަން ހަލާކުކޮށްލައިފިއެވެ. މީގެ އިތުރުން ޣާޒާގެ އަސްކަރީ ޕޯސްޓަކަށްވެސް ވަނީ ބޮން އަޅައިފައެވެ.
މިހަމަލާތަކުގައި ލިބުނު ގެއްލުންތައް އަދި ހާމައެއް ނުކުރެއެވެ. އެހިސާބުތަކުގައި ދިރިއުޅޭ މީހުން ބުނެފައިވަނީ ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވުނު ކަމަށެވެ.
ބެލެވޭގޮތުން މިއީ ހޯމަ ދުވަހު ޣާޒާގެ ރައްޔިތުން ބޮޑު މުޒާހަރާއަކަށް ތައްޔާރުވަމުންދާތީ ކުރިއާލައި އަނިޔާކޮށް ބިރުދެއްކުމަށް ހިންގި އަމަލެކެވެ.