ޤުދުސް އިން ބަންގީގެ އަޑު ކަނޑުވާލަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ޤުދުސް އިން ބަންގީގެ އަޑު ކަނޑުވާލަނީ

ޓެލްއަވީވްގައި ހުރި އެމެރިކާ އެމްބަސީ ޤުދުސަށް ބަދަލުކުރުމުގެ ރަސްމިއްޔާތު މާދަމާ ބާއްވަން ހަަމަޖަހިފައިވާތީ ޤުދުސްގެ ބޮޑު ސަރަހައްދަކުން ބަންގީގެ އަޑު ކަނޑާލަން އިޒްރޭލް ސަރުކާރުން ނިންމައިފިއެވެ.
އިޒްރޭލް ސަރުކާރުން ބުނެފައިވަނީ މިގޮތަށް ނިންމީ އެއީ ވަރަށް ކުލަގަދަކޮށް ބާއްވާ ރަސްމިއްޔާތަކަށްވުމުން ރަސްމިއްޔާތަށް އުނދަގޫވާނެތީ ކަމަށެވެ.

ފލަސްޠީނުގެ ބައެއް ނޫސްތަކުގައި ބުނެފައިވަނީ މިހާރުވެސް އިޒްރޭލުން ބޭނުންވާ ދުވަސްތަކުގައި ބޭނުންވާ ސަރަހައްދުތަކުން ބަންގީގެ އަޑު ކަނޑުވަމުން ގެންދާ ކަމަށެވެ. "ޔަހޫދީން ސިފައިން އައިސް އަންގަފާނެ މިއަދު މި ސަރަހައްދުގެ މިސްކިތްތަކުގަ ތާޅަފިލި ބޭނުންކޮށްގެން ނުވާނެ ކަމަށް. އެގޮތަށް އަންގައިފިނަމަ އެދުވަހަކު ބޭނުމެއް ނުކުރެވޭނެ."

އިޒްރޭލުން އަދި އަންގާފައިވަނީ މާދަމާ ތާޅަފިލި ބޭނުން ނުކުރުމަށެވެ. ނަމަވެސް އެމެރިކާ އެމްބަސީ ހުޅުވުމުން ކުރިއަށް އޮތްތަނުގައި މިއީ ޢާންމު ކަމަކަށް ހަދާނެ ކަމަށްވެސް ވަނީ ބެލެވިފައެވެ.

އަލްޤުދުސްއަކީ މުސްލިމުންގެ އެންެމެ މުޤައްދިސް އެއް ބިމެވެ. މުސްލިމުންގެ އެންމެ މުހިންމު 3 ވަނަ ބިނާ، މަސްޖިދުލްއަޤްޞާ އެބިމެއްގައި ހުރި ބިމެވެ. އެމާތް ބިމުން ބަންގީގެ އަޑު ކަނޑުވައިލާއިރު މުސްލިމް ލީޑަރުން ކަމަށް ބުނާ ވެރިން ތިބީ ހިމޭނުންނެވެ.
މިއަދު އޮންލައިން