ކާރުގެ އިންޖީނުގައި ރޯވެ އަނދަމުންދިއައިރު ދޮރުތަޅުލެވިގެން ތާށިވެ ނުނުކުމެވިފައި އިން މީހަކު ފުލުހެއްގެ މަސައްކަތުން ސަލާމަތްކޮށްފިއެވެ.
މިހާދިސާ ހިނގާފައިވަނީ ދުބާއީގެ ހައިވޭއެއްގައި އިއްޔެގެ ވަގުތެއްގައެވެ.
ފުލުސް އޮފިސަރަށް މަންޒަރު ފެނުމުން ސަރަހައްދުން ދިއަ މީހުން ހުއްޓުވައި ދިއައީ އަލިފާންގަނޑު ނިއްވޭތޯ މަސައްކަތްކުރަމުންނެވެ. އަލިފާންގަނޑު ނިއްވައިލެވުނީ ފެން އުފުލާ ލޮރީއެއް ދުރުންދާތަން ފެނުމުން ލޮރީ ގެނުވައި އެއިގެ ހޮޅިއަކުން ފެންޖަހައިގެންނެވެ.
أنقذ الرقيب محمد أحمد محفوظ من مرتب المهمات الصعبة بالإدارة العامة للنقل والانقاذ في #شرطة_دبي مواطن من وسط ألسنة النيران بشجاعته واحترافيته بعد أن شاهد حريقاً يلتهم سيارة في طريق العودة إلى منزله على شارع الشيخ محمد بن زايد . pic.twitter.com/B7ptmPFL6a
— Dubai Policeشرطة دبي (@DubaiPoliceHQ) May 12, 2018