މުޅި ދުނިޔޭގައި ވެސް އުފެދުނު އެންމެ ފުރަތަމަ ތިން ކެމެރާލީ ފޯނު ކަމަށްވާ ހްއާވޭ ޕީ20 ޕްރޯ ފޯނު، އުރީދޫއިން މިރޭ ރާއްޖެއަށް ތަޢާރަފް ކޮށްފިއެވެ.
ސޯޝަލް ސެންޓަރުގައި މިރޭ މިކަމާއި ގުޅޭގޮތުން ބޭއްވި ޚާއްސަ ހަފްލާގައި، އެފޯނު ލިބުމަށް އެންމެ ފުރަތަމަ އަދި ދެވަނަ އަށް ޕްރީ އޯޑަރ ކުރި ފަރާތަށް ވަނީ ފޯނު ހަވާލު ކޮށްފައެވެ.
އެގޮތުން ޕީ20 ޕްރޯ ފޯނަށް އެންމެ ފުރަތަމަ ޕްރީ އޯޑަރ ކޮށްފައިވަނީ އައިމިނަތު ޖަޒްލީ އެވެ. ދެވަނަ އަށް ޕްރީ އޯޑަރ ކޮށްފައިވަނީ އިބްރާހިމް ޝަރީތުއެވެ.
ފޯނާއި ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ހްއާވޭ ޓެކްނޮލޮޖީސް ގެ އެކައުންޓް މެނޭޖަރ އޮފް ކޮންސިއުމާރ ޕްރޮޑަކްޓްސް ތަރްޝަނާ މަލްވަތޭ ވިދާޅުވީ، މިފޯނުން އަނދިރީގައި ނަގާ ފޮޓޯ ވެސް އެމަންޒަރެއްގެ އަސްލު ނުގެއްލޭ ގޮތަށް ސާފުކަންމަތީ ނެގޭނެ ކަމަށެވެ. އަދި ސްލޯ މޯޝަންގައި ފޮޓޯ އާއި ވީޑިއޯ ކުރެވޭކަމީ މިފޯނަށް ލިބޭ އިތުރު ޚާއްސަ ކަމެއްކަމަށް ވެސް ތަރްޝަނާ ވިދާޅުވިއެވެ.
މީގެއިތުރުން ހްއާވޭ ޕީ20 ޕްރޯ ފޯނުން ނަގާ ފޮޓޯތައް ކިތަންމެ ބޮޑަކަށް ޒޫމް ކުރި ކަމުގައި ވިޔަސް އެފޮޓޯއެއް ޕިކްސެލޭޓް ނުވާ ކަމަށާއި ހުންނަނީ ހަމަ ސާފު ފޮޓޯއެއް ގޮތަށް ކަމަށް މިފޯނުން މިއަދު ފޮޓޯ ނެގި މަޝްހޫރު ފޮޓޯގްރާފަރ ޝާފީ ވިދާޅުވިއެވެ.
"މިއީ މީޑިއާތަކުގައާއި އާންމުކޮށް ގޭގައިވެސް ފޮޓޯ ނަގާ އުޅޭ ފަރާތްތަކަށް ވަރަށް ފައިދާހުރި މޮޅު ފޯނެއް" ޝާފީ ވިދާޅުވިއެވެ.