މުސްލިމް އުންމަތުގެ ލީޑަރޝިޕް ތުރުކީ އާއި އީރާނުން ނަގަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
މުސްލިމް އުންމަތުގެ ލީޑަރޝިޕް ތުރުކީ އާއި އީރާނުން ނަގަނީ
މުސްލިމް އުންމަތުގެ ލީޑަރޝިޕް ނުވަތަ ބެލެނިވެރިކަން ތުރުކީ އާއި އީރާނުން ނަގަނީ ކަމުގެ ކޮޅުމަތި މިއަދު ފެނިގެން ހިނގައްޖެއެވެ.

ޓެލްއަވީވްގައި ހުރި އެމެރިކާގެ އެމްބަސީ، ޤްދުސަށް އިއްޔެ ބަދަލުކުރުމާއި ގުޅިގެން ތުރުކީން މިއަދު ވަނީ އެކަމަށް ފިޔަވަޅުއަޅައި އިޒްރޭލާއި އެމެރިކާގައި ތިބި ތުރުކީގެ ސަފީރުން އަނބުރައި ޤައުމަށް ގެންނަން ނިންމައިފައެވެ. އަނބުރައި ގެންދަނީ ކިހައި ދުވަހަކަށްތޯ ނޫސްވެރިން ސުވާލުކުރުމުން ވޮޝިންގްޓަންގައި ހުރި ތުރުކީ އެމްބަސީގެ ތަރުޖަމާނު ބުނެފައިވަނީ އަދި މިއީ ފެށުމެއް ކަމަށާއި ނިމޭނެ ދުވަހެއް އަދި ނިމޭނެ ގޮތެއް ބުނަން އަދި ނުއެނގޭ ކަމަށެވެ.

އީރާނާއި އެމެރިކާ އަދި އިޒްރޭލުގެ މެދުގައި މިހާރުވެސް ބޮޑެތި މައްސަލަތައް އުފެދިފައިވުމުން އީރާނުން އަދި މިކަމުގައި އެއްވެސް ފިޔަވަޅެއް އެޅިކަން އެނގިފައެއް ނުވެއެވެ. ނަމަވެސް ތުރުކީ އާއި އީރާނުން މިކަމުގައި ގެންގުޅޭނީ އެއް ވިސްނުމެއް ކަމަށް ވަނީ ބެލެވިފައެވެ.

ރަމަޟާން މަސް ފެށުމާއި ދިމާކޮށް މެދުއިރުމަތީގައި ހަމަނުޖެހުން އިތުރުކުރަން އެމެރިކާއިން އިއްޔެ އެޅި ފިޔަވަޅާއި ގުޅިގެން އަރަބި އިތުރު އެއްވެސް ޤައުމަކުން އެއްވެސް ބަހެއް ނުބުނެއެވެ. އެއްވެސް ފިޔަވަޅެއްވެސް ނުއަޅައެވެ. އެމެރިކާއަށާއި އިޒްރޭލަށް ވިކިގެން ތިބީއެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނަނީ ތުރުކީ އާއި އީރާނުން މިހާރު އެގެންދަނީ އިސްލާމީ އުންމަތުގެ ބެލެނިވެރިކަން ނަގަމުން ކަމަށެވެ. އަދި މިކޯލިޝަނުގައި ރަސިއާ ބައިވެރިވާނެ ކަމަށާއި ބެލެވެނީ ޗައިނާވެސް ޖެހޭނީ މި ކޯލިޝަނުގެ ފަޅިއަށް ކަމަށެވެ. މިކޯލިޝަނަށް ޚަރަދުކުރާނީ ޤަތަރުން ކަމަށް ބެލެވޭއިރު މިކަމުގައި އަދި ޤަތަރުގެ ބަހެއް ނުލިބެއެވެ.
މިއަދު އޮންލައިން