ޗައިނާ މަތިންދާބޯޓެއްގެ ވިންޑްޝީލްޑް ހަލާކުވެ އިމަޖެންސީގައި ޖައްސައިފި

ކިޔުމަށް ހޭދަވާނީ 1މ 7ސ
ޗައިނާ މަތިންދާބޯޓެއްގެ ވިންޑްޝީލްޑް ހަލާކުވެ އިމަޖެންސީގައި ޖައްސައިފި
ޗައިނާގެ ސިޗުއާން އެއާލައިންގެ މަތިންދާބޯޓެއްގެ ވިންޑްޝީލްޑް ހަލާކުވެޗައިނާގެ ޝެންޑޫ އެއާޕޯޓަށް އިމަޖެންސީގައި ޖައްސައިފިއެވެ.

އެ މަތިންދާބޯޓުގެ ވިންޑްޝީލްޑް ނައްޓާލާފައިވަނީ ޗައިނާގެ ޗޮންގިން އުން ފުރައިގެން ލާސާއަށް ދަތުރުކުރަމުން ދިޔަތާ ބައި ގަޑިއިރެއްވަރު ފަހުންނެވެ.ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ހާދިސާ ހިނގާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

އެއާބަސް އޭ 319 މަރުކާގެ އެ މަތިންދާބޯޓުގެ ވިންޑްޝީލްޑް ހަލާކުވެ އިމަޖެންސީގައި ޖައްސާފައިވާއިރު، އެ ހާދިސާގައި އެއްވެސް ފަސިންޖަރަކަށް އަނިޔާވެފައިނުވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ނަމަވެސް މަތިންދާބޯޓުގެ ކެޕްޓަން ޕައިލެޓާ ހަވާލާދީ ބައިނަލްއަޤްވާމީ ބައެއް ނޫސްތަކުގައި ބުނެފައިވަނީ، އެ ބޯޓުގެ ކޯޕައިލެޓްގެ އުނަގަނޑުގައި ނާރުއަޅައި ރެނދެއްލައިފައިވާކަމަށެވެ.

ކެޕްޓަން ބުނި ގޮތުގައި، މަތިންދާބޯޓުގެ ކަނާތްފަރާތު ވިންޑްޝީލްޑް އެއްކޮށް ނައްޓާލާފައިވާކަމާއި ބޯޓު ތެރެއަށް ވައިތައް ވަދެ ކޯޕައިލެޓް ބޭރަށް ދަމައިގަތް ކަމަށެވެ. އެހެން ނަމަވެސް، ސީޓް ބެލްޓް އަޅައިގެން ހުރުމުން އޭނާ ސަލާމަތްވިކަމަށް އެ ހާދިސާ ހިނގިއިރު މަތިންދާބޯޓުގައި ތިބި ސަތޭކައެއްހާ ފަސިންޖަރުން އަނިޔާއެއް ނުލިބި ސަލާމަތުން ގެންގޮސްދިނުމުން، މަތިންދާބޯޓުގެ ކެޕްޓަން ޕައިލެޓް ލިއޫ ޗުއާޖިއާންއަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ތައުރީފުކުރަމުންނެވެ.


މިއަދު އޮންލައިން