ބަރަކާތްތެރިރަމަޟާންމަހުގެ އުފަލުގައި އުރީދޫ އިން ވަރަށްޚާއްޞައޮފަރތަކެއް ތަޢާރަފްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 4މ 30ސ
ބަރަކާތްތެރިރަމަޟާންމަހުގެ އުފަލުގައި އުރީދޫ އިން ވަރަށްޚާއްޞައޮފަރތަކެއް ތަޢާރަފްކޮށްފި
ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮއެދުމާ ތަހުނިޔާ އެންމެހާ ދިވެހި ރައްޔިތުންނަށް ފޮނުވައި، ރަމަޟާން މަހުގެ އުފަލުގައި އުރީދޫގެ ކަސްޓަމަރުންނަށް ޚާއްސަ ޚިދުމަތްތަކަކާއި ޕްރޮމޯޝަންތަކެއްއުރީދޫ އިން މިއަދު ތަޢާރަފް ކޮށްފިއެވެ.

ބަރަކާތްތެރި ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަސްޓަމަރުންނާއި ހަމައަށް ލިބިގެންދާ ޚާއްޞަ ޚިދުމަތްތަކުގެތެރޭގައި:

ރަމަޟާންމަހުގެ ކޮންމެ ހަފްތާއަކު ލަކީ ޑްރޯ އެއް

އުރީދޫގެ ހުރިހާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހުޅުވާލެވޭ ލަކީ ޑްރޯ އެއް މި ރަމަޟާންމަހު ފެށިގެންދާނެއެވެ. ކޮންމެ ހަފްތާއެއްގައިވެސް އަގުހުރި އިނާމުތަކެއް ލިބޭ މި ލަކީ ޑްރޯގައި ބައިވެރިވުމަށް، “THAFAATHU POSTPAID” ޖައްސަވާފައި، 929 އަށް ހިލޭ އެސްއެމްއެސް އެއް ފޮނުއްވާށެވެ. މި ޕްރޮމޯޝަންގައި އުރީދޫގެ ޚިދުމަތް މިހާރު ބޭނުންކުރައްވާ ކަސްޓަމަރުންނާއި، އަލަށް ޚިދުމަތް ހޯއްދަވާ ކަސްޓަމަރުންވެސް ހިމެނިގެންދާނެ އެވެ.

ކޮންމެ ހަފްތާއެއްގެ ނަސީބުވެރިއަކަށް ލިބޭ އިނާމުތަކުގެ ތެރޭގައި ހިމެނެނީ:

• "50 ގެ ޓީވީ، އަދި ހޯމް ތިއޭޓަރ ކިޓް
• ނިއުރޭޑިއަންޓް ޓީމާއި އެކު، 5 ބޭފުޅުންނަށް ރޯދަވީއްލުން
• އައިފޯން X
• ކަނޑުއަޑީގައިވާ އިތާ ރެސްޓޯރަންޓުގައި، ދެ ބޭފުޅަކަށް މެންދުރު ކެއުން

އެންމެ ޚާއްސަ އިނާމުގެ ވެރިފަރާތް ހޮވިގެންދާނީ ރަމަޟާން މަސް ނިމުމުންނެވެ. އެގޮތުން ހޮވިގެންދާ ނަސީބުވެރި ފަރާތަކަށް، ދެބޭފުޅުންގެ ހަތަރުރޭގެ ހުރުމާއިއެކު، ރާއްޖޭގެ އެންމެ ބޮޑު ކްރޫޒް ހޮޓެލްގައި ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އާއިލާ އާއި ރައްޓެހިންނަށް 0 އިތުރު ޑޭޓާ ހަދިޔާ ކުރައްވާ

މި ރަމަޟާންމަހު އުރީދޫގެ މަގޭ ޕްލޭން މެދުވެރިކޮށް އާއިލާގެ ބޭފުޅުންނަށް ނުވަތަ ރައްޓެހިންނަށްނަށް ޑޭޓާ ޕެކް ހަދިޔާކުރެއްވުމުން، ހަދިޔާކުރެއްވި ޕެކްގެ ޑޭޓާ އެލަވަންސް ދެގުނަވެގެންދާނެއެވެ. ޑޭޓާ ޕެކް އެއް ހަދިޔާ ކުރެއްވުމަށް، މައި އުރީދޫ އެޕް މެދުވެރިކޮށް މަގޭ ޕްލޭންގެ ޚިދުމަތް ހޯއްދަވައި، 110، 220 ނުވަތަ 330 ޕެކް ޚިޔާރުކުރައްވާށެވެ.


ސޯޝަލް މީޑިއާ ޕެކް

މި ރޯދަމަހު ސޯޝަލް މީޑިޔާ ބޭނުން ކުރެއްވުމަށް އުރީދޫ އިން ގެނެސްދެނީ ވަރަށް ޚާއްޞަ ޕެކްތަކެކެވެ. މިގޮތުން، އެންމެ 99 ރ. އަށް ވަޓްސެއެޕް، ސްނެޕްޗެޓް، ވައިބާ އަދި އިންސްޓަގްރާމް ބޭނުންކުރެއްވުމަށް 3 ޖީބީ ލިބިގެންދާނެއެވެ. މި ޚިދުމަތް ހޯއްދެވުމަށް، *929*2*2# ޖެއްސެވުމަށް ފަހު 929 އަށް ގުޅާލައްވާށެވެ.

ސައުދީ އައިޑީޑީ އަދި ރޯމިންގް:

މި ރަމަޟާން މަހު، ސައުދީ އަށް ގުޅާލުން ފަސޭހަކޮށްދޭ ޕެކޭޖެއްކަމުގައިވާ، ސައުދީ ޕްލޭން99 އުރީދޫ އިން މިއަދު ވަނީ ތަޢާރަފްކޮށްފައެވެ. އެންމެ 99 ރފ. ގެ މި ޚާއްޞަ ޕްލޭން މެދުވެރިކޮށް ސައުދީގައިވާ އާއިލާ އާއި ރައްޓެހިންނަށް ގުޅާލުމަށް 70 ހިލޭ މިނިޓް ލިބިގެންދާނެއެވެ. ހަމައެއާއި އެކު، ސައުދީ ޕްލޭން އެކްޓިވް ކަމުގައިވާނަމަ، ހިލޭ މިނިޓް ބޭނުންކުރުމަށްފަހުވެސް، މިނިޓަކު އެންމެ 2.99 ރފ. އަށް ސައުދީއަށް ގުޅާލެވޭނެއެވެ. މިޕެކޭޖް ބޭނުން ކުރެއްވުމަށް، “SAUDI” ޖެއްސެވުމަށްފަހު 4123 އަށް އެސްއެމްއެސްއެއް ފޮނުއްވުމުން ނުވަތަ *929*18# އަށް ގުޅާލުމުން، ޕެކް އެކްޓިވޭޓްވާނެއެވެ.

ހަމައެއާއި އެކު، ރަމަޟާން މަހުގެ ތެރޭގައި، ސައުދީއަށް ދަތުރުކުރައްވާ އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށްވެސް، އެގައުމުގައި ރޯމިންގް ބޭނުންކުރައްވާއިރު 15 އިންސައްތަ ޑިސްކައުންޓް ލިބިގެންދާނެއެވެ.

ސުޕަރނެޓް ބޯނަސް

މި ރޯދަމަހު، އުރީދޫގެ ހަލުވި ސްޕީޑުގެ ސުޕަރނެޓްފިކްސްޑް ބްރޯޑްބޭންޑްގެ އައު ކަނެކްޝަން އެއް އިޚްތިޔާރުކުރެއްވުމުން، 30 އިންސައްތަ ޑިސްކައުންޓް ލިބިގެންދާނެއެވެ.

ކައްކަނީ ކޯއްޗެއް؟

ރޯދަ ކުރުކުރުމަށް، އުރީދޫ އިން މިފަހަރު ގެނެސްދެނީ "ކައްކަނީ ކޯއްޗެއް؟" އެސް.އެމް.އެސް ކުއިޒް އެވެ. ކޮންމެ ދުވަހަކުވެސް، ކައްކަނީ ކޮންއެއްޗެއްކަން ދިމާކުރައްވައިގެން، މި ކުއިޒް މެދުވެރިކޮށް އުރީދޫ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކުވެސް ވަރަށް ހިތްގައިމު އިނާމުތައް ލިބިގެންދާނެއެވެ.

ރޯދަމަހު މުޅިން ހިލޭ ލިބޭ ޚިދުމަތްތައް:

• އެސްއެމްއެސް މެދުވެރިކޮށް ނަމާދު ވަގުތު ހޯއްދެވުމަށް، GO ޖެއްސެވުމަށްފަހު 4777 އަށް ފޮނުއްވާ.
• ރީތި ޓިއުންސް ޚިދުމަތް މެދުވެރިކޮށް ކީރިތި ޤުރުއާންގެ ދިވެހި ތަރުޖަމާއަދި މަދަހަ ހޯއްދެވުމަށް، GO ޖެއްސެވުމަށްފަހު 4000 އަށް ފޮނުއްވާ.
• އެސްއެމްއެސް މެދުވެރިކޮށް ދީނީ ނަސޭހަތް ހޯއްދެވުމަށް، GOR ޖެއްސެވުމަށްފަހު 4546 އަށް ފޮނުއްވާ.
• އެސްއެމްއެސް މެދުވެރިކޮށް ކެއްކުމާއި ބެހޭ މައުލޫމާތު ހޯއްދެވުމަށް، GOC ޖެއްސެވުމަށްފަހު 4546 އަށް ފޮނުއްވާ.

ފާއިތުވެދިޔަ އަހަރުތަކާއި އެއްގޮތަށް، އުރީދޫ ޕްރީޕެއިޑް އަދި އުރީދޫ މިކްސް ބޭނުންކުރައްވައިގެން ފިތުރު ޒަކާތް ދެއްކޭނެއެވެ. ފިތުރު ޒަކާތް ދެއްކެވުމަށް *909# އަށް ގުޅުއްވުމުން، އެއްވެސް އިތުރު އަގަކާއި ނުލާ ޒަކާތް ދެއްކޭނެއެވެ.
އުރީދޫއިން ރަމަޟާންމަހަށް ހާއްސަ ޕްރޮމޯޝަންތަކާއި ޚިދުމަތްތަކުގެ އިތުރު މައުލޫމާތު އަދި ތަފްސީލް ooredoo.mv މެދުވެރިކޮށްލިބިވަޑައިގަންނަވާނެއެވެ.

އުރީދޫގެ ފަރާތުން، ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނަށްވެސް ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮދުޢާ އާއި ތަހުނިޔާ ރައްދުކުރަމެވެ.

މިއަދު އޮންލައިން