އިޒްރޭލު-އެމެރިކާ އެމްބަސީ ގުދުސްގައި ހުޅުވައިފި

ކިޔުމަށް ހޭދަވާނީ 1މ 3ސ
އިޒްރޭލު-އެމެރިކާ އެމްބަސީ ގުދުސްގައި ހުޅުވައިފި
އިޒްރޭލު-އެމެރިކާ އެމްބަސީ ތެލް-އަވީވް އިން ފަލަސްތީނުގެ މާތް ބިމެއްކަމުގައިވާ ގުދުސް އަށް ބަދަލު ކޮށްފިއެވެ.

މިއަދު ހަވީރު ބޭއްވުނު އިޒްރޭލު-އެމެރިކާ އެމްބަސީ ޤުދުސް ގައި ހުޅުވުން އިފްތިތާހު ކުރުމުގެ ޚަފްލާގައި ނަތަންޔާހޫ އާއިއެކު އެމެރިކާގެ ރައީސް ޑޮންލަޑް ޓްރަމްޕްގެ އަންހެން ދަރި އިވާންކާ ޓްރަމްޕާއި އޭނާގެ ފިރިމީހާ ވަނީ ބައިވެރިވެފައެވެ.

ގުދުސްއަކީ އިޒްރޭލުގެ ބިމެއްކަމުގައި މިދިޔަ އަހަރުގެ ޑިސެމްބަރ މަހު ޑޮނަލްޑް ޓްރަމްޕް ބުނުމަށްފަހު އޭނާއަށް ދުނިޔޭގެ އެކިކަންކޮޅުތަކުން ފާޑުކިޔުން އަމާޒުވިއެވެ. އަދި ހަމަ އެއާއެކު އިޒްރޭލުގެ ފަރާތުން ތައުރީފާއި ސަނާވެސް އޮހުނެވެ.

އިޒްރޭލު-އެމެރިކާ އެމްބަސީ ގުދުސްއަށް ބަދަލު ކުރުމާމެދު ރަޝިއާއިން ބުނެފައިވަނީ މިކަމުގެ ސަބަބުން މެދުއުތުރުގައި ހަމަނުޖެހުން އިތުރުވާނެ ކަމާއިމެދު ކަންބޮޑުވާ ކަމަށެވެ. އަދި ތުރުކީގެ ރައީސް ޠައްޔިޕް އުރްދުގާން ވިދާޅުވީ އެމެރިކާގެ މިނިންމުމުގެ ސަބަބުން، މައްސަލަތަކަށް ޙައްލެއްގެ ބަދަލުގައި އެޤައުމުވެފައި އެވަނީ ބޮޑު ހަމަނުޖެހުމަކަށް ކަމުގައެވެ.

އެމްބަސީ އިފްތިތާހު ކުރުމުގެ ޚަފްލާގައި ވީޑިއޯ މެސެޖަކުން އެމެރިކާގެ ރައީސް ޑޮނަލްދް ޓްރަމްޕް ބުނެފައިވަނީ ގުދުސް އަކީ އެމެރިކާ-އިޒްރޭލުގެ އެމްބަސީ ކަން ކުރިން ފާހަގަ ނުވިކަމީ ހައިރާންވާން ޖެހޭ ކަމެއް ކަމުގައެވެ.
މިއަދު އޮންލައިން