ދުބާއީގެ އަމީރު ރޯދަ ހިއްޕަވަން ފެށްޓެވުމުގެ ކުރިންވެސް 700 ކުށްވެރިންނަށް މާފު ދެއްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
ދުބާއީގެ އަމީރު ރޯދަ ހިއްޕަވަން ފެށްޓެވުމުގެ ކުރިންވެސް 700 ކުށްވެރިންނަށް މާފު ދެއްވައިފި
ދުބާއީގެ އަމީރު ޝައިޚް މުޙައްމަދު ބިން ރާޝިދު އަލްމަޚްޠޫމް ރޯދަ ހިއްޕަވަން ފެށްޓެވުމުގެ ކުރިންވެސް 700 ކުށްވެރިންނަށް މަާފު ދެއްވައިފިއެވެ.

ދުބާއީ އަކީވެސް މާތް ﷲ ގެ އެންގެވުމާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ޙަދީޘްފުޅާއި އެއްގޮތަށް ރޯދަ ހިފުމުގެ ކަންކަން ކުރިއަށް ގެންދާ ޤައުމަކަށްވާތީ ދުބާއީގައި ވެސް ރޯދަ ހިފަން ފަށާނީ މާދަމާ (މެއި 17 ވާ ބުރާސްފަތި ދުވަހު) އެވެ.

ޝައިޚް މުޙައްމަދު ބިން ރާޝިދު އަލްމަޚްޠޫމްގެ ފަރާތްޕުޅުން ދައުލަތުގެ ބަންޑާރަ ނައިބް ވަނީ މިނިވަން ކުރާ އެންމެން ޢާއިލާތަކުން ބަލައިގަނެ އެމީހުންނަށް ހެޔޮކޮށް ހިތުމަށް ގޮވާލައްވައިފައެވެ. އަދި އެމީހުން އިޞްލާޙްކުރުމުގެ މަސައްކަތް ކޮށްދިނުމަށް ވެސް ވަނީ ޢާއިލާތަކުގެ ކިބައިން އެދިވަޑައގެންފައެވެ.
މިއަދު އޮންލައިން