އެހެންކަމުން މިއަހަރުގެ މުލަ ރޯދަ ދުވަހަކީ މެއި 17 ވާ ބުރާސްފަތި ދުވަސް ކަމުގައި ކަނޑައެޅި ޤައުމުތަކުގެ ތެރޭގައި ސައުދިއަރަބިޔާ، ޔޫއޭއީ، ބަޙްރައިން، މިޞުރު، އުރުދުން، ލެބަނަން، އިރާޤް. މޮރޮކޯ، އިންޑޮނޭސިއާ، މެލޭސިޔާ ފަދަ އިސްލާމީ ބޮޑެތި ހުރިހާ ޤައުމުތަކެއް ހިމެނެއެވެ.
މާދަމާ ރޯދަ ހިފަން ފަށާ އިސްލާމީ ނޫން ޤައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް، އޮސްޓްރޭލިއާ، އެމެރިކާ، ދެކުނު ކޮރެއާ، ޖަޕާން، ސިންގަޕީރު ފަދަ ޤައުމުތައް ހިމެނެއެވެ.
ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ އުންމަތް 73 ބައަށް ބެހިގެންދާނެކަން އެނގެނީ ހަމަ އިތުރު މާތް ނަބިއްޔާ (ޞޢވ) ގެ ހަދީޘް ފުޅުންނެވެ. އެހެންވީމާ ޚިޔާލު ތަފާތުވެ ފޯލިޖަހައި ފިލާއަޅައިގެން ވެސް ކަންކަން ކުރާނެއެވެ. ކަލްކިޔުލޭޓަރު ކޮށްޓައިގެންވެސް ކަންކަން ކުރާނެއެވެ.
ސައުދިއަރަބިޔާ އާއި ޔޫއޭއީ ފަދަ ޤައުމުތަކުގައި ރޭ ހަނދުބަލަން ބޭނުންކުރީ އެންމެ ޒަމާނީ ބާރުގަދަ ދުރުމި ތަކެވެ. އެހެންކަމާއިއެކު ވެސް ރޭހަނދު ފެނިފައެއް ނުވެއެވެ. ބެލެވޭ ގޮތުން ހަނދު ނުފެނު އެންމެ ބޮޑު އެއް މައްސަލައަކީ މޫސުމީ މައްސަލަތަކުގައި ޖައްވު ނުސާފުވުމެވެ.
ސައުދިއަރަބިޔާއިން ރޭ ރޯދަ ހިފަން ނުފެށީ ފޯލި ޖަހައިދޭނެ މީހަކު ނެތިގެން ނޫންކަން މިޓްވީޓުންވެސް އެނގެއެވެ.
VIDEO: Director of the Astronomical Observatory in #SaudiArabia's Hautat Sudair Abdullah al-Khudairy says "It's very difficult to see #Ramadan hilal/crescent tonight. pic.twitter.com/GC95d7lpYI
— Al Arabiya English (@AlArabiya_Eng) May 15, 2018
ސައުދިއަރަބިޔާ އާއި އެހެންވެސް މުސްލިމް ޤައުމުތަކުގައި ރަމަޟާން މަހުގެ 1 ވަނަ ދުވަހަކީ މެއި 17 ވާ ބުރާސްފަތި ދުވަސް ކަމުގައި ހަމަޖެއްސުމާއި ގުޅިގެން މާދަމާއަކީ ދުނިޔޭގެ މުސްލިމް އާބާދީގެ އެތައް މިލިއަން މުސްލިމުން ރޯދައިގެ މަތިވެރި އަޅުކަމަށް ފަށައިގަންނަ ދުވަހެވެ.