އަންވަރު އިބްރާހީމް ޖަލު ބަންދުން މިނިވަންވެވަޑައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
އަންވަރު އިބްރާހީމް ޖަލު ބަންދުން މިނިވަންވެވަޑައިގެންފި
ދިގު މުއްދަތެއް ޖަލުގައި ހޭދަކުރެއްވި އަންވަރު އިބްރާހީމް ޖަލުބަންދުން މިނިވަންވެވަޑައިގެންފިއެވެ. އަންވަރަށް މަޢާފް ލިބިވަޑައިގަތީ ކޮނޑުހުޅުގެ އޮޕަރޭޝަނެއް ކުރައްވައިގެން ހޮސްޕިޓަލުގައި އޮންނަވަނިކޮށް މިއަދު ހެނދުނު 11:00 ހައިއިރުއެވެ.

މިއަދަކީ ހޮސްޕިޓަލުން ދޫކޮށްލަން ހަމަޖެހިފައި އޮތް ދުވަސްކަމަށްވުމުން މާފް ލިބިވަޑައިގަތުމާއިއެކު އަންވަރު ވަޑައިގަތީ ގެކޮޅަށެވެ.

ހޮސްޕިޓަލުން ނުކުމެވަޑައިގެންނެވިއިރު ގިނަ އަދަދެއްގެ މީހުން އެމަނިކުފާނުގެ އިންތިޒާރުގައި ތިއްބެވެ. ނޫސްވެރިންވެސް ތިއްބެވެ. ނަމަވެސް އެއްވެސް ބަސްފުޅެއް ވިދާޅެއް ނުވެއެވެ. ހަމައެކަނި ކުރެއްވެވި ކަމަކީ ހިނިތުންވެވަޑައިގެން ހުންނަވައި ކަންކަން ދަނީ ރަނގަޅުވަމުންކަން ބަޔާންކުރައްވައި އިނގިލިފުޅުން އިޝާރާތް ކުރެއްވުމެވެ.

ނަމަވެސް އަންވަރު އިބްރާހީމް ވަނީ މީޑިއާއަށް މައުލޫމާތު ދެއްވައިފައެވެ. އަންވަރު ވިދާޅުވީ މިވަގުތު މަޑުކޮށްލައްވާނީ އާއިލާއާއިއެކު ގޭގައި ކަމަށާއި ސަރުކާރުގެ މަޤާމެއް އަދާކުރައްވާނީ ތަންކޮޅެއް ފަހުން ކަމަށެވެ.
މިއަދު އޮންލައިން