މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރާއި ގުޅުންހުރި ފަސް ތަނެއް ބަލައި ފާސްކޮށްފި

ކިޔުމަށް ހޭދަވާނީ 39ސ
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރާއި ގުޅުންހުރި ފަސް ތަނެއް ބަލައި ފާސްކޮށްފި

މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާޤުގެ ގެއާއި އޭނާއާއި ގުޅުން ހުރި އިތުރު ހަތަރު ތަނެއް އެޤައުމުގެ ފުލުހުން ބަލައި ފާސްކޮށްފިއެވެ.

މީޑިއާ ރިޕޯޓުތަކުން ހާމަވާ ގޮތުގައި ފުލުހުން ބަލައި ފާސްކޮށްފައިވަނީ ނަޖީބު މިހާރު ދިރިއުޅޭ ގެއާއި، ޕެނަންގްގައި ހުންނަ ސްރި ޕަރުދަނާގެ އެޕާޓްމަންޓުތަކާއި ކުއަލަލަމްޕޫރް ޕެވިލިއަންގައި ހުންނަ ދެ އެޕާޓްތަންޓަކާއި މެލޭޝިއާ ބޮޑު ވަޒީރުގެ އޮފީހެވެ.

ފުލުހުން ބަލައި ފާސްކުރި ތަންތަނުން އަދި މިހާތަނަށް ގެންގޮސްފައިވަނީ ބައެއް އަތް ދަބަހާއި ހިފާ ގެންގުޅޭ ސާމާނެވެ.

މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާޤާއި ގުޅުން ހުރި ބައެއް ތަންތަން ފާސްކޮށްފައިމިވަނީ ކޮން ތުހުމަތެއްގައި ކަމެއް އަދި ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.

މިއަދު އޮންލައިން