ދުނިޔޭގެ ބާޒާރުގައި ތެލުލުގެ އަގު އުފުލެމުންދާތީ، އިޤްތިޞާދުގެ ތެރޭގައި އެންމެ ގިނައިން ތެޔޮ ބޭނުންކުރާ އެއް ޤައުމުކަށްވާ، އިންޑިއާއިން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ދުނިޔޭގެ ބާޒާރުގައި ތެލުގެގެ އަގު އުފުލުމެންދާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އިންޑިއާއިން ވަނީ އޯގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިން ކަންޓްރީސް (އޯޕެކް) ގެ ޤައުމުތަކާއެކު މަޝްވަރާތައް ފަށައިފައެވެ.
އެ ގޮތުން، އޯޕެކްގެ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ސައުދީ އަރަބިއާގެ ތެލާބޭހާ މިނިސްޓަރު ޚާލިދު އަލް-ފާލިހާ މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާގެ އޭނާޖީ މިނިސްޓަރު ދަރްމެންދްރަ ވަނީ ބައްދަލުކުރައްވައިފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ، އިންޑިއާގެ އިޤްތިޞާދަށް ކުރާނެ ނޭދެވޭ އަސަރުތަކާ ބެހޭގޮތުން ދަރްވެންދްރަ ސައުދީއާ ހިއްސާކޮށްފައިވާކަމަށްވެއެވެ.
ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 80 ޑޮލަރުގައި ހުރިއިރު، ފާއިތުވި 12 މަސް ދުވަހުގެ ތެރޭގައި ތެލުގެ އަގު ވަނީ ދުނިޔޭގެ ބާޒާރުގައި 40 އިންސައްތައަށް އިތުރުވެފައެވެ.