ނަޖީބު ރައްޒާޤާ އޭނާގެ ދަހިވެތި އަނބިގޮއްޔެ ވަގަށް ބޭރުކުރަން އުޅުނު ސާމާނުތަކާއެކު ބިއްލޫރި ކޮށްޓެއްގަ ޕާކަށް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ނަޖީބު ރައްޒާޤާ އޭނާގެ ދަހިވެތި އަނބިގޮއްޔެ ވަގަށް ބޭރުކުރަން އުޅުނު ސާމާނުތަކާއެކު ބިއްލޫރި ކޮށްޓެއްގަ ޕާކަށް؟
މެލޭސިޔާ ރައްޔިތުންެގެ ގިނަ ބައަކު މިހާރު ބޭނުންވަނީ މެލޭސިޔާގެ ބޮޑުވަޒީރުކަމުގައިހުރެ އެންމެ ފަހުން ރާއްޖެ އައިސް ދުނިޔެ ކުޑަކޮށް މޮޅު ވާހަކަތައް ދެއްކި މެލޭސިޔާގެ އެއިރުގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤާއި އޭނާގެ ހިތް ނުފުރޭ އަނބި ގޮއްޔެ ރޮސްމާ މަންޞޫރު ޖަލުގެ އެއްގޮޅިއެއްގައި އުމުރަށް ބަންދުކުރުމަށެވެ.

އަނެއް ބައަކު ބޭނުންވަނީ ބިއްލޫރިން ކޮއްޓެއްހަދާފައި ބޮޑު ޕާކެއްގެ މެދުގައި ބަހައްޓާފައި އެ ކޮށްޓަށް ދެމަފިރިން ލާށެވެ. އަދި ދެމަފިރިން މެލޭސިޔާއިން ވަގަށް ބޭރުކުރަން އުޅުނު ރަންތަކާއި ޖަވާހިރުތަކާއި ފައިސާތަކުގެ ބަދަލުގައި ނަގުލީ ތަކެތި އުފައްދައި ކޮށީގައި ބަހައްޓާށެވެ.

އެކަމަށް ތާއީދުކުރާ މީހުން ބުނަނީ އެތަކެތި ފެންނަން ހުރީމައި ދެމަފިރިންނަށްވެސް ހިތްހަމަޖެހުން ލިބޭނެ ކަމަށެވެ. އަދި ކޮށި ބަލަންދާ މީހުންނަށް އެ މަންޒަރު ފެނުމުން ދުނިޔޭގެ ދަހިވެތިކަމުން ސަލާމަތްވާން ހިތްވަރު ލިބެމުންދާނެކަމަށެވެ.

ނަޖީބު ރައްޒާޤުގެ އަނބި ގޮއްޔެއަކީ އެއްވެސް އިރަކު ހިތް ފުރޭ އަންހެނެއް ނޫނެވެ. އަބަދުވެސް މަދުވެގެން އުޅޭ އަންހެނެކެވެ. ބައްޕަގެ ހުރިހާ ހަލާކަކީވެސް ދޮންމަންމަ ކަމަށް ނަޖީބު ރައްޒާޤުގެ ފިރިހެން ދަރިފުޅަށް ބުނަންޖެހުނީ އެ ސަބަބަށްޓަކައެވެ.
މިއަދު އޮންލައިން