އިނގިރޭސިވިލާތުގެ އަމީރު ޕްރިންސް ހެރީ އާއި މޭގަން މާކްލް ގެ ޝާހީ ކައިވެނި މިއަދު ކުރެވިފައިވާއިރު، އެކައިވެނީގެ ޚަފްލާގައި، ޕްރިންސް ހެރީގެ މަންމާފުޅު ޕްރިންސެސް ޑަޔާނާ ނެތުމަކީ އޭނާއަށް ލިބުނު އެންމެ ބޮޑު ހިތާމަކަން ޕްރިންސް ހެރީ ހާމަ ކޮށްފިއެވެ.
1997 ވަނަ އަހަރު ނުރައްކާތެރި އެކްސިޑެންޓެއްގައި އަވަހާރަވި ޕްރިންސެސް ޑަޔާނާ ގެ ހަނދާނުގައި، ޝަހީ ކައިވެނީގެ ޚަފްލާގައި މޭގަން މާކްލް ހިފައިގެން ހުރި މައުކޯނީގައި ޕްރިންސެސް ޑަޔާނާއަށް އެންމެ ރީތި މައު ކަމަށްވާހުދު ކުލައިގެ ފިނިފެންމައު ހިމަނާފައިވެއެވެ.އަދި ޕްރިންސެސް ޑަޔާނާ މިދުނިޔޭގައި ނެތްނަމަވެސް، އެކަމަނާއަށްޓަކައި ޚާއްސަކޮށް އެކައިވެނީގައި ހުސް ގޮނޑިކޮޅެއް ވެސް ބަހައްޓާފައިވެއެވެ. އެގޮނޑިކޮޅު ބަހައްޓާފައި ހުރީ ޕްރިންސް ވިލިއަމް އާއި ޖެހިގެންނެވެ.
"ހެރީ އެންމެ ގިނައިން ކޮށްފައިވާ ފިކުރަކީ އޭނާގެ އެއްވެސް ހިތާމައެއްގައި އަދި އުފަލެއްގައި ވެސް އޭނާގެ މަންމާފުޅަށް ބައިވެރި ނުވެވޭތީ. ހެރީގެ އެހިތާމައިގާ އަހަރެން ބައިވެރިވަން. އަދި ވެވުނު ވަރަކުން ހުރިހާ ކަމެއްގައިވެސް މަންމާފުޅު (ނެތްނަމަވެސް) ހިމެނޭތޯ ބަލާނަން" އެންގޭންޖްމެންޓަށްފަހު ޓެލެގްރާފަށް ދިން އިންޓަވިއުއެއްގައި މޭގަން ބުނެފައިވެއެވެ.