އެލްޖީ ކުންފުނީގެ ޗެއާމަން ކޫ ބޮން މޫ މަރުވެއްޖެ

ކިޔުމަށް ހޭދަވާނީ 46ސ
އެލްޖީ ކުންފުނީގެ ޗެއާމަން ކޫ ބޮން މޫ މަރުވެއްޖެ
ދެކުނު ކޮރެއާގެ މަޝްހޫރު އެލެކްޓްރޯނިކްސް ކުންފުންޏެއްކަމަށްވާ، އެލްޖީގެ ޗެއާމަން ކޫ ބޮން-މޫ މަރުވެއްޖެއެވެ.

އުމުރުން 73 އަހަރުގައި ކޫ ބޮން މޫ މަރުވެފައިވަނީ، ސިކުނޑީގެ ބައްޔަކަށް ފަރުވާ ހޯދަމުންދާތާ އަހަރެއްވެފައިވަނިކޮށެވެ. އެ ބަލީގެ ފަރުވާއަކަށް އޭނާ ސިކުނޑީގެ އޮޕަރޭޝަނެއް ވެސް ކޮށްފައިވެއެވެ.

ކޫ ބޮން މޫ މަރުވުމުން، ދެން އެލްޖީގެ ޗެއާމަންކަމަށް ހަވާލުވާނެކަމަށް ބޮޑަށް ބެލެވެނީ އޭނާގެ ދަރިފުޅު ކޫ ވަން މޯ ކަމަށެވެ. ކޫ ވަން މޯ މިހާރު ހުންނެވީ އެ ކުންފުނީގެ އިންފޯ ޑިސްޕްލޭ ލީޑަރުގެ ގޮތުގައެވެ.

1995 ވަނަ އަހަރުގައި، އެލްޖީ ކުންފުނީގެ ޗެއާމަންކަމާ ހަވާލުވި ކޫ ބޮން މޫ ވަނީ ބައިނަލްއަޤްވާމީ ފެންވަރަށް، މަލްޓިނޭޝަނަލް ކުންފުންޏެއްގެ ގޮތުގައި އެ ކުންފުނި ކުރިއެރުވުމެއް ވަރަށް ބޮޑު ހިއްސާއެއް އަދާކޮށްފައެވެ.
މިއަދު އޮންލައިން