އީރާނުން ބުނަނީ އެމެރިކާއަށް އަމާން ދިނުމެއް ނެތް ކަމަށް - ފެށެނީ ހަނގުރާމައެއްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 37ސ
އީރާނުން ބުނަނީ އެމެރިކާއަށް އަމާން ދިނުމެއް ނެތް ކަމަށް - ފެށެނީ ހަނގުރާމައެއްތަ؟
އީރާނުން މިއަދުވެސް ބުނީ އެމެރިކާ ރުއްސަން އެއްވެސް ކަމެއް ނުކުރާނެކަމަށާއި ސީރިޔާއިންވެސް ނުފައިބާނެ ކަމަށެވެ. އަދި ނިޔުކްލިއަރ ހަކަތަ ފައްކާކުރުމުގެ ޕްރޮގްރާމްވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

ސީރިޔާގެ ވެރިކަމުގައި ބަޝާރުލްއަސަދު މިއަދުވެސް ބުނީ ސީރިޔާއިން އީރާނުގެ ލަޝްކަރު ފައިބަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި ސީރިޔާގެ ކަންކަން ނިންމަން ޖެހޭނެ ގޮތް އެނގޭނީ އެމެރިކާއަށް ނޫން ކަމަށެވެ.

މުރާސިލުން ބުނާ ގޮތުގައި އެމެރިކާ އާއި އިޒްރޭލުން މަސައްކަތްކުރަނީ ކޮންމެ ގޮތަކުން ނަމަވެސް، ކޮންމެ ފަދަ އުކުޅެއް ބޭނުންކޮށްގެން ނަމަވެސް އިރާޤަށް ހެދިގޮތް އީރާނަށްވެސް ހަދައިލުމަށެވެ. ހަނގުރާމައެއް ފަށަން ފަސްޖެހެމުން އެދަނީ އީރާނުގައި ނިޔުކްލިއަރު ބާރު ހުރިވަރު ޔަޤީން ނުކުރެވެތީއެވެ.
މިއަދު އޮންލައިން